ads
ރިއަލްގެ ކޯޗު ޒިދާން
ރިއަލް މެޑްރިޑް އަނެއްކާވެސް ބަލިވެ ޕްރެޝަރަށް
ޗެމްޕިއަންސް ލީގު އެންމެ ކާމިޔާބު ޓީމު، ރިއަލް މެޑްރިޑް އަނެއްކާވެސް ބަލިވެ، ގްރޫޕް ސްޓޭޖުން ކަޓައިފާނެ ކަމުގެ ބިރު ހީވެއްޖެ އެވެ. ރިއަލް މެޑްރިޑް ރޭ ބަލިވީ ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް އަތުންނެވެ.

ޝަހުތަރު ޑޮނެސްކް އަތުން އަންގާރަ ދުވަހުގެ ރޭ ދެ ލަނޑު ސުން ލަނޑުން ބަލިވި ރިއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގައި ދެން އޮތީ އުނދަގޫ ހާލަތަކެވެ. ބާކީ އެންމެ މެޗެއް އޮތް އިރު ދެވަނަ ބުރުގެ ޖާގަ ހޯދަން އެއީ ކޮންމެހެންވެސް މޮޅުވުން މަޖުބޫރު މެޗެކެވެ. 

ރިއާލް ހިމެނޭ ގްރޫޕުން ކޮންމެ ޓީމެއްވެސް ފަސް މެޗު ކުޅެފައިވާއިރު ބާކީ އޮތީ ކޮންމެ ޓީމަކަށްވެސް އެއްމެ މެޗެކެވެ. ރިއާލް މެޑްރިޑް އޮތީ ފަސް މެޗުން އަށް ޕޮއިންޓާއެކު ތިންވަނައިގައެވެ. ދެވަނައިގަ އޮތް ޝަހުތަރު ޑޮނެސްކްއަށްވެސް އަށް ޕޮއިންޓް ލިބިފައިވާއިރު ގްރޫޕުގެ ފުލުގައި އޮތީ އިންޓަ މިލާނެވެ. އިންޓަ މިލާނަށް ފަސް ޕޮއިންޓް ލިބިފައިވެއެވެ.

ރިއަލް މެޑްރިޑަށް ބާކީ ދެން ކުޅެން އޮތް މެޗަކީ އަމިއްލަ ދަނޑުގައި މުންޗެންގްލަޑްބެކާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުން، އަމިއްލަ ކޮންޓްރޯލުގައި ދެވަނަ ބުރަށް ދިޔުމަށް މޮޅުވުން ކޮންމެހެންވެސް މަޖުބޫރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް