ads
ކަނޑުގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ-- ފޮޓޯ: ސީއެންއެމް
ހަވީރުން ފެށިގެން ކަނޑު ދަތުރުތައް ހުއްޓާލަން އިލްތިމާސްކޮށްފި
ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު، "ބުރެވި" ތޫފާނަށް ބަދަލުވެ ރާއްޖެ ސަރަހައްދަށް އޭގެ އަސަރުކުރަމުންދާނެތީ ހަވީރުން ފެށިގެން ކަނޑު ދަތުރުތައް ހުއްޓާލުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

މެޓުން ބުނީ ބުރެވި ތޫފާނު މިހާރު ހުރީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި ކަމަށާއި އެ ތޫފާން އިތުރަށް ބާރުގަދަވެ، ހުޅަނގު ހުޅަނގުއުތުރަށް ދަތުރުކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާއި ކައިރި ވާނެ ކަމަށެވެ.

އަދި އޭގެ އިތުރުން ރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުވެސް އިތުރަށް ބާރުގަދަވަމުން އަންނަކަން ފާހަގަކޮށް މެޓުން ބުނީ ލަފާކުރެވޭ ގޮތުގައި މިއަދުގެ ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެންދާނެ ކަމަށެވެ. 

އެ ތޫފާނުގެ ނުސީދާ އަސަރު މިހާރު ވެސް ރާއްޖެއަށް ކުރަން ފަށާފައިވާއިރު ތޫފާނުގެ ސަބަބުން އުފެދިފައިވާ ވިލާތައް މިހާރު ވެސް ރާއްޖެ ސަރަހައްދަށް ޖަމާވާން ފަށާފައިވާ ކަމަށް ޕީއެސްއެމްއަށް މެޓްގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ހާފިޒް ވިދާޅުވި އެވެ.

ހާފިޒް ވަނީ ބުރެވި ތޫފާނު އަސަރު ރާއްޖެއަށް ހަވީރުކުރާނެކަމަށް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ގޮތަކަށް ހަވީރުން ފެށިގެން ދަތުރުނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. 

އޭގެ އިތުރުން ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށް ރަށަށް ވެސް އުދައިގެ އަސަރުކުރާނެ ކަމަށް ލަފާކުރެ އެވެ. އެހެންވެ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާއިރު މެޓުން ބުނީ ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެއޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމުކުރެވޭނެ ކަމަށެވެ.  

ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، އޭގެ އަސަރު ރާއްޖެއަށް އާދިއްތަ ދުވަހުގެ ނިޔަލަށް ކުރާނެ ކަމަށް މެޓުން ލަފާކުރެ އެވެ. ރާއްޖޭގެ މޫސުން މަޑުމަޑުން ރަނގަޅުވަމުންދާނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް