ads
ފޮޓޯ: މަޖިލިސް
ފުލުހުން އިހުތިޖާޖު ކުރުމަކީ ކުށަކަށް ހަދައި އަދަބު ދެނީ
މޯލްޑިވްސް ޕޮލިސް ސާވިސްގެ އެއްވެސް ފުލުހަކު އިހުތިޖާޖުގެ އެއްވެސް އަމަލެއް ހިންގުމާއި އެފަދަ އަމަލެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅާއި އަދަބުދޭ ގޮތަށް ފުލުހުންގެ ބިލުގައި ހިމަނައިފި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެގޮތަށް ނިންމީ މިދިޔަ އަހަރުގެ ތެރޭގައި މ. އުޖާލާގޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން ކަންތައްތަކެއް ބެލުމަށް ފަހުގަ އެވެ. 

އެ މައްސަލައާ ގުޅިގެން ހަތް ފުލުހަކު ސަސްޕެންޑްކުރިިއިރު ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ބުނެފައި ވަނީ އުޖާލާގޭގައި ހިނގާ ދިޔަ ކަންތައްތަކާއި ގުޅިގެން ސަސްޕެންޑް ކުރި ފުލުހުން ވަނީ އެމީހުންގެ ފޭސްބުކް ޕްރޮފައިލް ކަޅުކުލައަށް ބަދަލުކޮށް އިހުތިޖާޖު ހިންގާފައި ކަމަށާއި އެގޮތުން އެ އިހުތިޖާޖަކީ ފުލުހުންގެ ތެރެއިން ބަޔަކު ކުރި ޖިނާއީ ކުށެއްގެ ސަބަބުން އެކަން ކުރި ފުލުހުންނަށް ފިޔަވަޅު އެޅުމާއެކު އެކަމާއި ދެކޮޅަށް ހިންގި އިހުތިޖާޖެއް ކަމަށެވެ.

އެ ރިޕޯޓްގައިވާ ގޮތުން އެކަމެއް ކުރި ފުލުހުންނާއި ވެސް ސުވާލުކޮށްފައިވެ އެވެ. އަދި އެކަމަކީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށް ސުވާލުކުރުމުން ހާމަކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެކަން ކުރި މީހުންނަށް ފިޔަވަޅެއް ނާޅާކަމަށް ވެސް ބުނެފައިވެ އެވެ.

އެ ރިޕޯޓްގައި އިތުރަށް ބުނީ މައްސަލަ ބަލައިދިނުމަށް ކޮމިޓީގެ ފަރާތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި ވެސް އެދުން ކަމަށެވެ. އެކަމަކު އެކަށީގެންވާ ގޮތެއްގައި މައްސަލަ ބަލާފައި ނުވާކަން އެ ރިޕޯޓްގައި ފާހަގަކުރެ އެވެ.

ރިޕޯޓްގައި ބުނީ، ފުލުހުން ކުރާ އެފަދަ އިހުތިޖާޖުގެ ސަބަބުން ފުލުހުންގެ މުޅި މުއައްސަސާ ވެސް ނުރައްކަލަށް ހުށަހެޅޭކަމަށެވެ. އެ ސަބަބާހުރެ އެކަން ހުއްޓުވުމަށް އިހުތިޖާޖުކުރުމަކީ ކުށެއްކަމަށް ކަނޑައަޅަން ޖެހޭކަން ފާހަގަކޮށް އެ ރިޕޯޓްގައި ވަނީ ފުލުހުން އިހުތިޖާޖުކުރާނަމަ ފިޔަވަޅު އެޅުމަށެވެ. އެގޮތަށް އެކަން ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމެނުމަށް ވެސް ކޮމިޓީން ފާސްކުރި އެވެ.

މަސްތުވާތަކެތީގެ މައްސަލަކާއި ގުޅިގެން މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި ފުލުހުން އުޖާލާގެ ބަލާއި ފާސްކުރަނިކޮށް، އެގޭގެ ތެރޭގައި ހުރި ބަންގްލަދެޝްގެ ފިރިހެނަކަށް އަނިޔާކުރި ވިޑީއޯއެއް އާންމުވި އެވެ. އަދި އެކަން ކުރި ފުލުހުން ވަނީ އެ ވީޑިއޯ ކުރި ކަމަށް ތުހުމަތުވާ މީހުން އުޅޭ ގެއަށް ވަދެ ބިރު ވެސް ދައްކާފަ އެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް