ads
އައްޑޫގައި ހުރި ފްލެޓްތައް-- ފޮޓޯ: އައްޑޫ ލައިވް
ފްލެޓްތަކުގެ ކުލި ފަސްކޮށްދިނުމަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި
މާލެ އާއި ހުޅުމާލެ އަދި އަތޮޅުތެރޭގެ ރަށްރަށުގައި ސަރުކާރުން ތަރައްގީ ކޮށްފައިވާ ހައުސިން ޔުނިޓުތަކުން ދައްކަން ޖެހޭ ކުލި އިތުރު ތިން މަހަށް ފަސްކޮށްދޭން އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކޮވިޑާއި ގުޅިގެން ސަރުކާރުން ވަނީ މިއަހަރުގެ މާޗު މަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް ގެދޮރުވެރި ކުރުމުގެ އެކި ޕްރޮގްރާމުތަކުގެ ތެރެއިން ތަރައްގީކޮށްފައިވާ ފްލެޓުތަކާއި ހައުސިން ޔުނިޓްތަކަށް ދައްކަން ޖެހޭ ކުލި ފަސްކޮށްދީފަ އެވެ. އެމުއްދަތު ހަމަވުމުން ސަރުކާރުން ވަނީ އިތުރު ތިން މަހަށް ކުލި ދެއްކުން ފަސްކޮށްދޭން ނިންމާފައެވެ. އެއީ ސެޕްޓެމްބަރު، އޮކްޓޫބަރު، އަދި ނޮވެންބަރު، މިތިންމަތަށެވެ. 

އެގޮތުން ކުލި ފަސްކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލާފައި އޮތީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ބުނީ، ކުލި ފަސްކޮށްދިނުމަށް އެދި ވަރަށް ގިނަ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅުއްވަމުން ގެންދަވާތީ، ކުލި ފަސްކޮށްދިނުމަށް އެދުމުގެ ފުރުސަތު 15 ޑިސެމްބަރު 2020 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. 

އަދި ކުލި ދެއްކުން ފަސްކުރިޔަސް، ފްލެޓުތަކުގެ މެއިންޓަނަންސް ފީ އެ މުއްދަތުގައި ވެސް ދައްކަން ޖެހޭނެ ކަމަށާއި، ކުލި ފަސްކުރާ މުއްދަތު އެގްރިމެންޓްގެ މުއްދަަތަށް އިތުރުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ކުލި ފަސްކުރުމަށް ކުރިން މިނިސްޓްރީ ކުރި އިއުލާނާއި ގުޅިގެން އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުން އެކަމަށް އެދެން ޖެހޭނެ  ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް