ads
މަރަދޫ ދާއިިރާގެ މެމްބަރުު އިބްރާހިމް ޝަރީފް---
އިސްލާހު ހުށަހެޅީ ޕާޓީގެ ރައީސް ވިދާޅުވެގެން: ޝަރީފް
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަަހަކަށް ބަދަލުކުރުމަށް އިސްލާހު ހުށަހެޅީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެގެން ކަމަށާއި، އަދީބުގެ ބަޔާނަކީ ހަދައިގެން އުޅޭ އެއްޗެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި އިސްލާހެއް ފާސްކޮށްގެންނެވެ. 

އެގޮތުން މީސްމީޑިއާގައި މިއަދު ވަނީ، އެ އިސްލާހަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މެމްބަރު ޝަރީފް ލައްވައި ހުށަހެޅުއްވި ބަޔާނެއްކަމަށާއި، އެކަމާއި ގުޅިގެން އަދީބު ދީފައިވާ ބަޔާނެއް ކަމަށް ބުނާ ލިޔުމެއް އާންމުވެފައެވެ. 

މިވާހަކަތަކަށް ރަށްދުދެއްވައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނު ލައްވައި ނައިބުރައީސް އަދީބު އެއްވެސް އިސްލާހެއް ހުށަހަޅުއްވާފައި ނުވާ ކަމަށާއި، އެ އިސްލާހަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އަދި އަދީބު ދެއްވިކަމަށްބުނާ ބަޔާނަކީ ހަދައިގެންއުޅޭ އެއްޗެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް މިހެން ވިދާޅުވިއިރު، އޭރުގެ މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީއެއް އޮވެ، އެމްޑީޕީ މެމްބަރަކު އެ އިސްލާހު ހުށަހެޅުމުން އޭރުވެސް އެކަމުގައި ސުވާލުތަކެއް އުފެދިގެންދިޔައެވެ. އަދި މިހާރު ހިނގަމުންދާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ފަނޑިޔާރުންގެ އަދަދު ހަތަކަށް އަލުން ހަމަޖައްސަވާފައެވެ. އަދި ކުރިން މަގާމުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ވަކިކޮށް އާ ހަތް ފަނޑިޔާރުން ވަނީ އައްޔަން ކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް