ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ފާއިތުވި 24 ގަޑީރުގެ ތެރޭގައި ޓެސްޓުކުރެވުނު 1،862 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 21 މީހުންކަމަށެވެ.
އަދި އެއީ މާލެ ސަރަހައްދުން 20 މީހުން އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 1 މީހުން ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ. އެގޮތުން މިއަދު އަތޮޅުތެރޭގެ ރައްތަކުން މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.
މި އަދަދުތަކާއިއެކު ރައްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނި 13،070 އަށް އަރާފައެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 12،001 މީހުންނެވެ.
އެކްޓިވް ކޭސްތަކުގެ އަދަދު 1،015 ގައި އުޅޭއިރު އޭގެތެރެއިން 91 މީހަކަށް އަންނަނީ ހޮސްޕިޓަލް ތަކުގައި ފަރުވާދެމުންނެވެ. ރާއްޖެއިން މިހާތަނަށް މިބަލީގައި މަރުވެފައިވަނީ 47 މީހުންނެވެ.