ads
ކްރިސްޓިއާނޯ ރޮނާލްޑޯ--
ޗެމްޕިއަންސް ލީގު: އަންހެން ރެފްރީގެ ތާރީޙީ މެޗުގައި ރޮނާލްޑޯގެ 750 ވަނަ ލަނޑު
ޗެމްޕިއަންސް ލީގުގެ ތާރީޙޫގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީއެއް ރެފްރީ ކަން ކުރި މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ 750 ވަނަ ގޯލް ޖަހައިިފިއެވެ. ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ރޮނާލްޑޯގެ 750 ވަނަ ލަނޑު ފެނިގެން ދިޔައީ ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ތިން ލަނޑު ސުން ލަނޑުން ޑައިނަމޯ ކިއޭވްއަތުން ޔުވެންޓަސް މޮޅުވި މެޗުގައި ރޮނާލްޑޯ ޖެހި ލަނޑަކީ އޭނާ ޔުވެންޓަސްއަށް ޖެހި ހަތްދިހަ ފަސްވަނަ ލަނޑެވެ. ރޮނާލްޑޯގެ ކެރިއަރުގައި 750 ގޯލު ހަމަކުރިއިރު، ގައުމީ ޓީމަށްވަނީ 102 ލަނޑު ޖަހާފައެވެ. އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އިރު އެ ޓީމަށް އޭނާވަނީ 118 ލަނޑު ޖަހާފައެވެ. ރޮނާލްޑޯ އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ރިއާލް މެޑްރިޑަށެވެ. މެޑްރިޑުގައި އޭނާވަނީ 450 ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާ ޑައިނަމޯ ކިއޭވް ބުދަ ދުވަހުގެ ރޭ ކުޅުނު މެޗަކީ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީއެއް، ރެފްރީކަން ކުރި މެޗެވެ. 

މި ތާރީހީ ރިކޯޑް ހާސިލް ކުރީ ފްރާންސްގެ މަޝްހޫރު އަންހެން ރެފްރީ ސްޓެފަނީ ފްރަޕާޓްއެވެ. ޗެމްޕިއަންސް ލީގުގައި މުޅިން އަލަށް ރެފްރީކަން ކުރިނަމަވެސް އޭނާވަނީ މީގެ ކުރިންވެސް ބޮޑެތި މެޗުތަކުގައި ރެފްރީކަން ކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް