ads
ޗެލްސީގެ ޖިރޫޑް
ޖިރޫގެ ހަތަރު ލަނޑާ އެކު ޗެލްސީއަށް ބޮޑު މޮޅެއް
ޗެމްޕިއަންސް ލީގުގައި ޖިރޫޑްގެ ހަތަރު ލަނޑާ އެކު ޗެލްސީން ސެވިއްޔާ ބަލިކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ޗެލްސީ ދަނޑުގައި ކުޅުނު މި މެޗުން ޗެލްސީ މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ.

ރޭގެ މެޗުގައި އޮލީވިއާ ޖިރޫޑްގެ ފުރަތަމަ ލަނޑު ސެވިއްޔާ ކޮޅަށް ޖެހީ މެޗުގެ ވަރަށް ކުރީކޮޅުގައެވެ. އަނެއް ތިން ލަނޑު ޖިރޫޑް ޖެހީ ދެވަނަ ހާފުގައެވެ. ފަހު ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.  

ބުދަ ދުވަހުގެ ރޭގެ މެޗުގެ ނަތީޖާއާއި އެކު ޗެލްސީ އޮތީ ފަނަރަ ޕޮއިންޓާ އެކު ޓޭބަލްގެ އެއްވަނައިގައެވެ. ޗެލްސީވަނީ ކުޅުނު ފަސް މެޗުންވެސް މޮޅުވެފައެވެ. ރޭގެ މެޗުން ބޮޑު ތަފާތަކުން ބަލިވި ނަމަވެސް ސެވިއްޔާވެސްވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް