ads
ފޮޓޯ:އިންޑިއަން ޖާނަލް---
އެމްޑީޕީގެ ހަ ކެނޑިޑޭޓަކު އަނެއްކާވެސް ނަން އަނބުރާ ގެންގޮސްފި!
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިތުރު ހަ ކެންޑިޑޭޓެއް އަނެއްކާވެސް ނަން އަނބުރާ ގެންގޮސްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ އިތުރު 16 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލި ފަހުން މިހާތަނަށް ޖުމުލަ 26 ކެނޑިޑޭޓަކު ވަނީ ނަން އަބުރާ ގެންގޮސްފައެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓުންނެވެ. އެގޮތުން މިއަދު ނަން އަބުރާ ގެންގޮސްފައިވާ ހަ ކެނޑިޑޭޓުންނާއިއެކު މިހާތަނަށް އެމްޑީޕީގެ ޖުމުލަ 14 ކެނޑިޑޭޓަކު ވަނީ ނަން އަބުރާ ގެންގޮސްފައެވެ.

އީސީން މިއަދު އާއްމުކޮށްފައިވާ ނަންތަކަށް ބަލާއިރު އެމްޑީޕީން ނަން އަބުރާ ގެންގޮސްފައިވާ ކެނޑިޑޭޓުންނަކީ، ނ. ހޮޅުދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓަކާއި، ރ. ހުޅުދުއްފާރު ކައުންސިލްގެ މެންބަރު ކަމައަށް ކުރިމަތިލާފައިވާ ކެނޑިޑޭޓަކާއި، ތ. ގުރައިދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓެކެވެ.

އަދި ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓަކާއި، ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓޭއްގެ އިތުރުން، ރ. މަޑުއްވަރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެނޑިޑޭޓްވެސް ވަނީ ނަން އަބުރާ ގެންގޮސްފަ އެވެ.

ޢޭގެ އިތުރުން ތ. ބުރުނީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ކެނޑިޑޭޓަކާއި އދ. ފެންފުށީ ކައުންސިލްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަގޮތުން ކުރިމަތިލާފައިވާ އަށް ކެނޑިޑޭޓަކުވެސް ވަނީ ނަން އަބުރާ ގެންގޮސްފައެވެ.

އަމިއްލަގޮތުން ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ނަން އަބުރާ ގެންގޮސްފައިވަނީ ހިތަދޫ މޫލެކެޑެ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓަކާއި، އދ. މާމިގިލީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ތިން ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓަކާއި، ގަލޮޅު ހުޅަނގު (އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑި) އަށް ކުރިމަތިލާފައިވާ ކެނޑިޑޭޓަކާއި، އދ. މަހިބަދޫ ކައުންސިލްގެރައީސް ބ. މާޅޮހު ކައުންސިލްގެއަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓެކެވެ.

އަދި ށ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެނޑިޑޭޓަކާއި، ތ. ކިނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓެއްގެ އިތުރުން، ލ. ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓެއްގެ ނަންވެސް ވަނީ އަބުރާ ގެންގޮސްފައެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް