ads
ފޮޓޯ: ޕޮލިސް މީޑިއާ
ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވާ މައްސަލަ ބޮޑުވެ ސަމާލުވާން އަންގައިފި!
ފަހަކަށް އައިސް މާލޭގެ ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފާ ސްލިޕް ހަދައި ވައިބާކޮށް، އޮޅުވާލައިގެން މަކަރާއި، ހީލަތުން މުދާ ހޯދަމުންދާ މައްސަލަތައް ފެންމަތިވަމުންދާ ކަމަށާއި އެކަންކަމަށް ވަރަށް ބޮޑަށް ފާރަވެރިވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން ބުނީ އެފަދަ މީހުން އެކަން ކުރާކަން ފާހަގަކުރެވިފައިވަނީ އެޑިޓްކޮށް ހަދާފައިވާ ސައްހަނޫން ސްލިޕެއް، އެ ސްލިޕްގެ ތާރިހާއި ވަގުތާ އަދި ގަންނަން ބޭނުންވާ އެއްޗަކަށް އަރާ އަގު ބަދަލުކޮށް އެޑިޓްކޮށްގެން ކަމަށެވެ.

އަދި އެ ސްލިޕްގައި ޖަހާފައިވާ ގަޑީގެ ދެތިން މިނެޓް ކުރިން އެ ސްލިޕްގެ އަގަށްވާ ތަކެތި ނަގަން ފިހާރައަށް ގޮސް ވިޔަފާރި ކުރުމަށްފަހު ފައިސާ ދައްކަން ބުނުމުން، ފައިސާވެސް އެކައުންޓަށް ފޮނުވައި ސްލިޕް ވައިބާ ކޮށްފައިވާކަމަށް ވައްކަންކުރަން އައި މީހާ ބުނާކަމަށް ފުލުހުން ބުނެއެވެ. 

އަދި އެހެން ބުނުމުން ފިހާރައިގެ ފޯނަށް ޓްރާންސްފާ ސްލިޕް ވައިބާ ކޮށްފައި އޮތުމުން ސޭޓުވެސް އެކައުންޓް ބަލައި ނުލުމުގެ އިތުރުން، އެކައުންޓްގެ ނަންބަރު ރަނގަޅުތޯވެސް ކަށަވަނުކުރާ ކަމަށާއި ޓްރާންސްފާ ސްލިޕް ވައިބާކުރުމުން ކަސްޓަމަރު ފޮނުވާލަނީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"މިފަދަ ގޮތަކަށް ވައްކަންކުރާ މައްސަލަތައް އިތުރުވަމުންދާކަމީ މިއަދު މިކަމަށް ބޮޑު ސަމާލުކަން ދޭންޖެހިފައިވާ ކަމެއް. އެއީ ވައްކަންކުރާ ވަގުން މޮޅެތި އުކުޅުތައް އީޖާދުކޮށް ޒަމާނާ އެއްގޮތަށް ވައްކަންކުރުން ވެސް ތަރައްގީ ކުރަމުންދާއިރު، މަކަރުވެރިންގެ މި އުކުޅުތަކަށް ވިޔަފާރިވެރިންނާއި ސޭޓުން ވަރަށް ރަނގަޅަށް ސަމާލުވެ ލޯ ހުޅުވައިގެން ތިބެންޖެހޭ. ޒަމާނީ ވަސީލަތްތަކާއެކު ވިޔަފާރީގެ ފަސޭހަކަން ބޭނުންކުރި ނަމަވެސް މިފަދަ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުން ވަރަށް މުހިންމު. އެގޮތުން އޮންލައިންކޮށް ވިޔަފާރިކުރުމަށްފަހު ފޮނުވާ ސްލިޕްތައް ފޮނުވުމުން އެކައުންޓަށް ޖަމާވެފައިވޭތޯ އާއި އެކައުންޓް ނަންބަރު ރަނގަޅުތޯ ވަގުތުން ބަލާލުމަކީ މިފަދަ ކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން" ފުލުުހުން ބުނެފައިވެއެެވެ.

ފުލުހުން އިތުރަަށް ބުނީ އޮންލައިން ޓްރާންސްފާ ކޮށްފިނަމަ ކަސްޓަމަރުގެ މައުލޫމާތު ނޯޓުކުރުމަކީވެސް އެފަދަ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް