ads
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)-- ފުޓޯ: ޖޭއެސްސީ
2 ފަނޑިޔާރެއްގެ މައްސަލަ ބަލަން ކޮމިޓީ އެކުލަވާލައިފި
ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ތަހުގީގު ކޮމިޓީ އެކުލަވާލައިފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ ތަހުގީގު ކޮމިޓީ އެކުލަވާލާފައިވަނީ ޑިސެމްބަރު ދެވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ. 

ސުލޫކީ މައްސަލަ ބަލަނީ ގދ. ޖުޑިޝަލް ދާއިރާ ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހްސާނުގެ މައްސަލައަކާއި ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲގެ މައްސަލައެކެވެ. 

ގދ. ޖުޑިޝަލް ދާއިރާ ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހްސާނާއި ގުޅޭގޮތުން ބަލަނީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ޝަރީއަތް ކުރިއަށް ގެންދިއުމުގައި ގާނޫނާ ހިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެކެވެ. 

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އާއި ގުޅޭގޮތުން ބަލަމުން އަންނަނީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ވަގުތީ އަމުރާމެދު ގޮތެއް ނުނިންމަވައި އަކަށީގެންނުވާ މިންވަރަށް މައްސަލަ ލަސްކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް