ads
ފޮޓޯ: ރައީސް އޮފީސް
އަސްކަރީ ތަމްރީނުގެ ޑެމޮންސްޓްރޭޝަން ރައީސް ބައްލަވާލައްވައިފި
ކައްދޫގައި ގާއިމުކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސެންޓްރަލް އޭރިޔާގެ މަރުކަޒަށް ޒިޔާރަތްކުރައްވާ ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑީމޮންސްޓްރޭޝަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ބައްލަވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ދެ ރަށަކަށް ކުރައްވާ ޒިޔާރަތުގައި މިއަދު މެންދުރުކުރީގެ ވަގުތެއްގައި ވަނީ ފުރާވަޑައިގެންފަ އެވެ. 

ސިފައިންގެ އަސްކަރީ ތަމްރީނުގެ ޑީމޮންސްޓްރޭޝަން ރައީސް ބައްލަވާލެއްވިއިރު މިއަދު މެންދުރުފަހު ކައްދޫގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީނުތަކުގެ ޑެމޮންސްޓްރޭޝަނަކީ މިދިޔަ ނޮވެމްބަރު މަހުގެ 16 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކުގައި ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ޑެމޮންސްޓްރޭޝަނެކެވެ.

ދިވެހި ސިފައިންގެ އަސްކަރީ ގާބިލިއްޔަތު އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ އެ ތަމްރީނުތައް ދައްކާލުމަށް ބޭއްވި ޑެމޮންސްޓްރޭޝަނުގައި ސިފައިން ވަނީ ކްލޯސް ކުއާޓާ ބެޓްލް ކޯސް އަދި މާކްސްމަންޝިޕްގެ ހުނަރުތައް ދައްކާލާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

ރައީސް އޮފީހުން ބުނީ ތަމްރީނުތައް ބައްލަވާލެއްވުމަށް ރައީސް އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދުދީދީ އަދި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް