ads
ހިންމަފުއްޓަށް އުދައެރި ދުވަހެއްގައި-- ފޮޓޯ: ޓީސީ ކޮއްކޮ
ރާޅުގެ އުސްމިން ހަތް ފޫޓަށް، އުދަ އަރާނެ: މެޓް
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ރަށްރަށަށް އުދަ އަރާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓުން ވައިޓް އެލާޓް ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެގޮތުން އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. 

އަދި ކަނޑުތައް ގަދަވާނެ ކަމަށާއި އެ ސަރަހައްދަށް އުދައަރާނެ ކަމަށް ވެސް ލަފާކުރާއިރު މެޓުން ބުނި ގޮތުގައި ރާޅުގެ އުސްމިން އުޅޭނީ ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގަ އެވެ. 

މެޓުން ބުނީ ހުޅަނގާއި ހުޅަނގުއުތުރުން ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. 

ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެފައި މިވަނީ ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، އޭގެ އަސަރު ރާއްޖެއަށް ކުރަމުންދާތީ އެވެ. "ބުރެވި" ތޫފާނާއި ގުޅިގެން މިރޭ ސީއެންއެމްއަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ ތޫފާނާ ގުޅިގެން ރާއްޖޭގެ ސަރަހައްދަށް ވައިގަދަވާނެ ކަމަށެވެ. އަދި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވުންނަމަވެސް އަދި ބޯކޮށް ވާރޭވެހޭނެ ކަމަށް ނުދައްކާ ކަމަށް މެޓުން ބުނެ އެވެ. 

މެޓުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖެއަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެނީ ތޫފާން ރާއްޖެ ކައިރިން ދަތުރުކުރަމުންދާތީ ކަމަށެވެ. އެހެންނަމަވެސް އާދިއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވަމުންދާނެކަން ވެސް ބުނެ އެވެ. 

ބުރެވި ތޫފާނަށް ބަލާއިރު މެޓުން ބުނީ ތޫފާން މިހާރު ވަނީ ގާތްގަނޑަކަށް އިންޑިއާގެ މައްޗަށް އަރާފައި ކަމަށެވެ. އެގޮތުން އިންޑިއާ ހުރަސްކޮށް އަރަބި ކަނޑަށް ފޭބުމާއެކު އޭގެ އަސަރު މަޑުވަމުންދާނެ ކަމަށެވެ. 

"އަދި ރާއްޖެއާ ކައިރިއަށް މި އަންނަނީ. ހުކުރު ހޮނިހިރުގަ އަދި ވައިގަދަކޮށް އުޅޭނީ. މިއަދަށް ވުރެ ތަންކޮޅެއް ވައިގަދަވުން ވެސް އެކަށީގެންވޭ. އެކަމަކު އާދިއްތަ ދުވަހުން ފެށިގެން ވައިމަޑުވަމުން ދެން ދާނީ،" މެޓުން ބުނެ އެވެ. 

ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވެފައިވާއިރު މެޓުން ބުނީ ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެއޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމުކުރެވޭނެ ކަމަށެވެ.  

17%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
54%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް