ads
ރައީސް ސޯލިހު ފެހެންދޫއަށް ވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް
އިގްތިސޯދު ކޮޅަށް ޖަހަން ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ: ރައީސް
ކޮވިޑް-19 އާއެކު އިނދަޖެހިފައިވާ ރާއްޖޭގެ އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް ރައްޔިތުންގެ އެހީ އާއި އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވެފައި ވަނީ މިއަދު ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ގަމުގައި އޮތް ރަސްމިއްުޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ މިހާރު ގައުމަށް ކުރިމަތިވެފައިވާ އިޖުތިމާއީ އަދި އިގްތިސޯދީ މައްސަލަތަކުން އަރައިގަތުމަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންފުޅުވާ ކަމަށެވެ. 

އެގޮތުން ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ތަންފީޒުކުރަމުންދިޔަ ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުނމް ފުރިހަމައަށް އެއްބާރުލުން ލިބިފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ އެ މިންވަރަށް އިގްތިސޯދު އާރާސްތުކުރުމަށް ވެސް އެހީތެރިކަމާއި އެއްބާރުލުން ރައްޔިތުންގެ ފަރާތުން ބޭނުންފުޅުވާ ކަމަށެވެ.

"މިހާރު ގައުމަށް ކުރިމަތިވެފައި މިވާ އިޖުތިމާއީ އަދި އިގްތިސޯދީ މައްސަަލަތަކުން އަރައިުގަތުމުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވޭ. ކޮވިޑާއި ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތައް ތަންފީޒުކުރަން ރައްޔިތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަދައިން އިގްތިސޯދު އަލުން އާރާސްތުކުރަން އެހީތެރިވެދެއްވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން،"

ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތަކުން ސަލާމަތްވެ، ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ހިންގަން ރާވާފައިވާ ކަންކަން ކުރުމަށް އަލި މަގެއް ފެނިގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ކޮވިޑް-19 އާއެކު ރާއްޖެގެ އިގްތިސޯދު އެންމެ ބޮޑަށް ބަރޯސާވެފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓާލަން ޖެހުނެވެ. އެހެންނަމަވެސް ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވާލެވިގެން ރިސޯޓުތަކުން ހިދުމަތްދޭން ފެށުނުއިރު އޮކްޓޫބަރު 15 ގައި ވަނީ ގެސްޓްހައުސް ވިޔަފާރި ވެސް ފަށާފަ އެވެ. އަދި ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށްކުރެވިފައިވާ މިދަނޑިވަޅުގައި މަހުން މަހަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް