ads
މާލޭގައި ރެންޑަމް ސާމްޕަލް ނަގަނީ--
އިތުރު 36 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ރާއްޖެއިން އިތުރު 36 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މާލޭ ސަރަހައްދުން މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 32 ގައި އުޅޭއިރު ރަށްރަށުން ޕޮޒިޓިވްވީ ދެ މީހެއް ކަމަށެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ޕޮޒިޓިވްވި ދެ މީހުންނާއެކު މިއަދު ޕޮޒިޓިވްވީ 36 މީހެއް ކަމަށް އެޗްޕއޭ އިން ބުނެ އެވެ.

މިއަދު ޕޮޒިޓިވްވި 36 މީހުންނަކީ ފާއިތުވި 24 ގަޑިއިރު ނެގުނު 1801 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. 

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 13،106 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 12،154 ގަ އެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 898 ގައި އުޅޭއިރު ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު އުޅެނީ 86 ގަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް