ads
ފޮޓޯ: އެމްއެންޑީއެފް
މާލޭގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ
ގައުމީ ޔުނިވާސިޓީގެ ދަނާލް ކައިރިން ދުއްވާފައި ދިޔަ ކާރެއްގައި މިރޭ ރޯވެއްޖެ އެވެ.

އެމްއެންޑިއެފްއިން ބުނީ އެ ހާދިސާ ހިނގާފައިވަނީ މިރޭ 19:10 ހާއިރު ކަމަށެވެ. އަދި 19:18 ގައި އަލިފާންގަނޑު ނިންވާލާފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރޯވެފައި ވަނީ ކާރުގެ އިންޖީނުގަ އެެވެ. އަދި ކާރަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ މަންޒަރު ފޮޓޯތަކުން ފެނެ އެވެ. އެކަމަކު އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް