ads
އަނިލް، ވަރުން، ކިއާރާ އަދި ނީތޫ--
ޝޫޓިންގެ ތެރެއިން ތަރިންތަކަކަށް ކޮވިޑް ޖެހިއްޖެ
ކޮވިޑް-19 ފެތުރެމުންދިޔަ ނަމަވެސް މިފަހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބޮލީވުޑުގެ މަސައްކަތްތައް ފަށާފަ އެވެ.

އެގޮތުން ފިލްމުތަކުގެ ޝޫޓިންތައް ފެށިގެން މިހާރު ކުރިއަށްދާއިރު ރާޖް މެހެތާ ޑައިރެކްޓްކޮށް ނެރޭ ފިލްމު ޖަޖް ޖަޖް ޖީޔޯގެ ޝޫޓިންތައް ވެސް ވަނީ ފަށާފަ އެވެ. އެ ފިލްމަކީ އަނިލް ކަޕޫރާއި ނީތޫ ކަޕޫރު އަދި ވަރުން ދާވަން އާއި ކިއާރާ އަދްވާނީގެ އިތުރުން ޕްރަޖިކްތާ ކޯލީ ވެސް މަސައްކަތްކުރާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމުގެ ލީޑުގައި މަސައްކަތްކުރާ ނީތޫ އާއި ވަރުންގެ އިތުރުން ޑައިރެކްޓަރު ރާޖަށް ވެސް މިވަނީ ކޮވިޑް ޖެހިފަ އެވެ. މީގެ ކުރިން އަނިލްއަށް ވެސް ކޮވިޑް ޖެހުން ކަމަށް އަޑުއެރި ނަމަވެސް ބައެެއް ފަރާތްތަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަނިލް ވަނީ ކޮވިޑަށް ނެގެޓިވްވެފަ އެވެ. އަދި ކިއާރާ ވެސް ބައްޔަށް ނެގެޓިވް ކަމަށް ވެ އެވެ. 

މީގެ ކުރިން ބޮލީވުޑުގެ ބައެއް ތަރިންނަށް ކޮވިޑް ޖެހިފައިވެ އެވެ. މިފަހުން ސަނީ ޑިއޯލް ވެސް ކޮވިޑަށް ޕޮޒިޓިވްވިއިރު މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރު އަދި އަމީތާބު ބައްޗަން އާއި އަބީޝޭކް ބައްޗަން އަދި އައިޝްވާރިޔާ ފަދަ ތަރިންނަށް ވެސް ކޮވިޑް ޖެހިފައިވެ އެވެ. އެހެންނަމަވެސް އެ ތަރިން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް