ads
ސީޕްލޭން ޓާމިނަލް--
ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދެނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކުރި އާ ސީޕްލޭން ޓާމިނަލްގެ ލައުންޖު އޭރިއާތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމައޭސީއެލްއިން ބުނީ އެ ލައުންޖު އޭރިއާތައް ކުއްޔަށް ހިފާ މީހުން އެތަން ސެޓްއަޕްކޮށް އޮޕަރޭޓް ކުރަންޖެހޭނީ އެމްއޭސީއެލްގެ ގަވަދުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެތަން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން މި މަހުުގެ ދިހަ ވަނަ ދުވަހުގެ 13:00 ބިޑްކުރުމުގައި ރަޖިސްޓާ ކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ވީއައިއޭގެ ސީޕްލޭން ޓާމިނަލްގެ ލައުންޖް އޭރިއާއަށް ކުރިމަތިލެވޭނީ ރަޖިސްޓާކޮށްފައިވާ ސީޕްލޭން އޮޕަރޭޓަރުން ޓުއާ އޮޕަރޭޓަރުން އަދި ރިސޯޓްތަކަށް ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އަދި ބިޑް ހުށަހަޅާއިރު 10000 ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ބިޑް ސެކިއުރިޓީގެ ގޮތުގައި ދޭންޖެހޭނެ ކަމަށް އިއުލާނުގައި ބުނާއިރު މިމަހު 30 ގެ ފަހުން ހުށަހަޅާ ބިޑްތައް ބަލައި ނުގަންނާނެކަމަށް އެމްއޭސީއެލުން ބުނެ އެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާ ސީޕްލޭން ޓާމިނަލްގެ ހިދުމަތް ފަށާނެކަމަށް ވެސް އެމްއޭސީއެލުން ބުނެ އެވެ. 

އާ ސީޕްލޭން ޓާމިނަލަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ 1.2 ބިލިއަން ޑޮލަރުގެ މަޝްރުއޫގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއުއެކެވެ. ވީއައިއޭގައި އަލަށް ތަރައްގީކުރާ ޓާމިނަލްގެ މަސައްކަތް ކުރުމަށް ހުޅުލެއިން 3.5 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. މި ޓާމިނަލް ތަރައްގީކުރަނީ 28 އަކަމީޓަރުގެ ސަރަހައްދެއްގައި ހަތަރު ފަންގިފިލާއަށެވެ. ޓަމިނަލްގައި ލޮބީތަކާއި ލައުންޖް އަދި އިދާރީ މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައްވެސް ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް