ads
ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން އަސްކަރީ ތަމްރީނުތަކެއް ބާއްވަނީ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އަނެއްކާ ވެސް އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މިމަހުގެ 6،7 އަދި 13 އާއި 14 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން 18:00 އަށް ހުޅުމާލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުގައި ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. 

އަދި އެ ތަމްރީނުތަކުގައި ހަތިޔާރު/ ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. 

އެގޮތުން އެތަކެތި ވައިގެ ސަރަހައްދުން ބޭނުންކުރާނީ 5000 މީޓަރު ދުރުމިނާއި 100 މީޓަރު އުސްމިނުގައި ކަމަށް ވަނީ ބުނެފަ އެވެ. އަދި އެތަކެތި ބޭނުންކުރާނީ ހުޅުމާލޭ އިރުން ހަތް މޭލު ބޭރުގައި ކަމަށެވެ. 

މިފަހުން ވެސް އެމްއެންޑީއެފް އިން ވަނީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް