ads
އެއާ ސީޝެލްސް
އެއާ ސީޝެލްސްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ
އެއާ ސީޝެލްސް އިން މާދަމާ ރާއްޖެއަށް ދަތުރު ފަށަން ހަމަޖެހިއްޖެ އެވެ.

އެ ދަތުރުތައް ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖެނުއަރީ މަހުގެ ނުވައަކާއި ހަމައަށް ދަތުރުތައް ކުރިޔަށް ގެންދާނެ އެވެ. ދަތުރުތައް ފެށުމާ އެކު ރާއްޖެއާ ސައުތު އެފްރިކާގެ ޖޮހަނަސްބާގް ގުޅިގެންދާނެ އެވެ.

އެއާ ސީޝެލްސް އިން ދަތުރުކުރާ ފަސިންޖަރުންނަށް 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ ބޭނުންވާނެ އެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންނަށް 96 ގަޑިއިރު ނުވާ ނަތީޖާއެއް ބޭނުންވާނެ އެވެ.

ރާއްޖެއަށް މިހާރު ގަތަރު އެއާވޭސް، ޓާކިސް އެއާ، އެމިރޭޓްސް، އިއްތިހާދު، ފްލައި ދުބާއީ، އޭރޯފްލޯޓް، އެޑެލްވައިސް، އެއާ އިންޑއިއާ، ގޯ އެއާ، އިންޑިގޯ، ސްޕައިސްޖެޓް އަދި ސްރީލަންކަންގެ އިތުރުން ލުފްތަންސާ، ބްރިޓިޝް އެއާ، ސިލްކް އެއާ އަދި އަޒުރް އެއާ އިން ދަތުރުތައް ކުރެއެވެ. އަދި ކުރިއަށް އޮތް ހަފްތާ ތަކުގެ ތެރޭގައި އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފަށާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް