މެޓުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް، ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، އެކި ހިސާބުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށެވެ.
މެޓުން ބުނީ، އާންމު ގޮތެއްގައި ހުރިހާ ހިސާބަކަށް ވެސް ކަނޑު ގަދަވާނެ ކަމަށާއި، އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން ރާޅުގެ އުސްމީން ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގައި ހުންނާނެކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެފައި މިވަނީ ސްރީލަންކާގެ ގަލްފް އޮފް މަންނާރު ސަރަހައްދުގައި ހުރި ބާރުގަދަ ތޫފާންގެ ސަބަބުންނެވެ. އެހެންނަމަވެސް އެ ތޫފާނުގެ ބާރު ދަށްވެ، މިއަދު ކޮޅިގަނޑަކަށް ބަދަލުވިޔަސް މެޓުން ބުނީ އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ އިތުރަށް ބާރު ގަދަވަމުން ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެ އެވެ.