ads
ފޮޓޯ: އައްޑޫ ލައިވް
ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އާއްމުކޮށް، އަމަލުކުރަން ފަށައިފި
ދިވެހިރާއްޖޭގެ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން އާއްމުކޮށް އެއަށް އަމަލުކުރަން ފަށައިފި އެވެ.

ފިޝަރީޒް މިނިސްްޓްރީން އާއްމުކޮށްފައިވާ ޕްލޭން ގައިވާ ގޮތުން އެ ޕްލޭންގެ މަގުސަދަކީ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ގާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ބަލަހައްޓައި، އެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމާއި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަސްލަހަތުވެރިންނަށް މަގުދައްކައިދިނުމެވެ. 

އެ ޕްލޭންގެ ދަށުން މެނޭޖްކުރާނެ ބާވަތަކީ، "ތިސަނޮޓިއުތިޑޭ" އާއިލާއަށް ނިސްބަތްވާ "ތިސަނޮޓިއުތިސް ރޮމްބަސް" އެވެ. އަދި ރާއްޖޭގައި ހިންގާ، ތުތި ބޯވަދިލަމަހުގެ އާބާދީއަށް އަސަރުކޮށްފާނެ އެންމެހައި ހަރަކާތްތަކަށް އެ ޕްލޭން ހިނގާނެކަމަށް އެ ޕްލޭންގައި ބުނެފައިވެއެވެ. 

އޭގެ ތެރޭގައި، ތުތި ބޯވަދިލަމަސް ބޭނުމާއި، ޕްރޮސެސް ކުރުމާއި، ރައްކާކުރުމާއި، ގަނެވިއްކުމާއި ރާއްޖެއިން ތުތި ބޯވަދިލަމަސް އަދި ތުތި ބޯވަދިލަމަހުގެ އުފެއްދުންތައް އެކްސްޕޯޓު ކުރުން ހިމެނެއެވެ. އަދި އެ ޕްލޭންގެ ދާއިރާގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތަކާ ގުޅުންހުރި ހަރަކާތެއް ހިންގާ މީހުންނަށާއި، އުޅަނދުފަހަރަށާއި، ޕްރޮސެސް ކުރާ ތަންތަނަށް އަދި އެކްސްޕޯޓު ކުރާ ތަންތަނަށްވެސް އެ ޕްލޭން ހިނގާނެއެވެ.

އެ ޕްލޭން އިއްޔެ އާއްމުކޮށް އަމަލުކުރަން ފަށާފައިވާއިރު، ފިޝަރީޒް މިނިސްޓްރީން ބުނީ އެ ޕްލޭން ވާނީ ރާއްޖޭގެ ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ބެލެހެއްޓުމުގައި މަގުދައްކައިދޭ މައިގަނޑު އަސާސަށް ކަމަށެވެ. 

ތުތި ބޯވަދިލަމަސް ނުވަތަ ޑައިމަންޑްބެކް ސްކުއިޑް އަކީ މާކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭ ބާވަތެކެވެ. މިއީ ތިސަނޮޓިއުތިޑޭ އާއިލާއަށް ނިސްބަތްވާ ހަމައެކަނި ބާވަތެވެ. މިއަށް މިނަން ދެވުނީ، މީގެ ސިފަ ތުތިމަސް ބައްޓަމަށް ހުންނާތީއެވެ. މިބާވަތުގެ ބޯވަދިލަމަސް ތިން ފޫޓާއި ހަތަރު ފޫޓާ ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. އެ ދިގުމިނަށް ބޮޑުވާއިރު ބަރުދަނުގައި 30 ކިލޯ ހުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް