ads
އިޓަލީގެ ކޮވިޑްގެ ހާލަތު ގޯސްވަނީ--
އިޓަލީގައި ކޮވިޑް ޖެހިގެން ރިކޯޑް އަދަދަކަށް މީހުން މަރު މަރުވެއްޖެ
ކޮވިޑް19 ގެ ސަބަބުން އިޓަލީގައި މަރުވި މީހުންގެ އަދަދު ރިކޯޑް އަދަދަކަށް އިތުރުވެއްޖެ އެވެ.

އިޓަލީގައި ކޮވިޑް-19 ގެ ސަބަބުން މާޗް މަހު މަރުވެފައިވަނީ 919 މީހުނެވެ. ތަފާސްހިސާބު ދައްކާގުތުން 993 މީހުން ވަނީ ކޮވިޑް19 ގެ ސަބަބުން މިހާރު މަރުވެފައެވެ. އަދި 225 23 ޕޮޒިޓިވް ކޭސް ނިމި ދިޔަ ބުރާސްފަތި ދުވަހު ވަނީ ރިކޯޑު ކުރެވިފައެވެ.

އިތުރުވި މަރުގެ އަދަދާއެކު އިޓަލީއިން ވަނީ ސަލާމަތީ ފިޔަވަޅުތައް އިތުރައް ވަރުގަދަ ކޮށްފައެވެ. މި ބަދަލުތަކާ އެކު ރޭގަނޑު 10 ގެ ފަހުން އެ ގައުމުގައި ކާފިއު ވަނީ އިއުލާނު ކޮއްފައެވެ. އަދި ގޭގެޔައް މީހުން ނުދިއުއްމައް ވެސް އިޓަލީގެ ސަރުކާރުން އިލްތިމާޒް ކުރެއެވެ.

އިޓަލިގެ ޕްރައިމް މިނިސަޓަރް އުސިއްޕި ކޮންތޭ ވިދާޅުވީ ކްރިސްމަސް ދުވަހު އެއް އަވަށުން އަނެއްއަވަށައް ދަތުރު ކުރުން މަނާވާނެ ކަމަށެވެ. އަދި ރޭގަނޑު 10 އަކުން ހެދުނު 7 ކައް ކާފިޔު އޮއްނާނެ ކަމައްވެސް މިނިސްޓަރް ވިދާޅުވިއެވެ.

އިޓަލީ އަކީ ޔޫރަޕްގެ ގައުތަކުގެ ތެރެއިން ކޮވިޑް19 ގެ އަސަރު ކުރި އެންމެ ފުރަތަމަ ގައުމެވެ. އަދި ކޮވިޑް ގެ މި ރާޅުގައި އިޓަލީއިން ވަނީ ފާހަގަ ކުރެވޭ ހާ މިންވަރައް މީހުން މަރުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް