ads
ފިނޭންސް މިނިސްޓްރީ---
އާމްދަނީގެ ގޮތުގައި މިހާތަނަށް 12.8 ބިލިއަން ރުފިޔާ
މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 12.78 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް އިން އާންމުކުރި ހަފްތާ މާލީ ރިޕޯޓުން ދައްކާ ގޮތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 12.767 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިހާތަނަށް 24 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރު ދައުލަތުން އެ މުއްދަތުގައި ހަރަދުކޮށްފައިވާ ވަރާއި އަޅާ ބަލާއިރު 673 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ރިކަރަންޓް ހަރަދު 16.763 ބިލިއަން ރުފިޔާ އަށް އަރާއިރު، އޭގެ ތެރެއިން ދައުލަތުގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދިނުމަށް މި އަހަރުގެ މިހާތަނަށް 8.928 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 9.024 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އަދި ދައުލަތް ހިންގުމަށް ކޮށްފައިވާ ހަރަދުގެ ތެރެއިން މި އަހަރުގެ މިހާތަނަށް 7.657 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 8.349 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް 12.767 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 21.737 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެގޮތުން މި އަަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 9.740 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 14.967 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ލިބިފައިވެ އެވެ.

އަދި ނަން-ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް 2.302 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މި އަހަރުގެ އެ މުއްދަތުގައި ނަން-ޓެކުހުގެ ގޮތުގައި 5.733 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ދައުލަތަށް އެކި އެހީތަކުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 859.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ދައުލަތުން އަންދާޒާކުރި ވަރަށް ވުރެ ދައުލަތުން ކޮށްފައިވާ ހަރަދުތައް ވަނީ ދަށްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް