ads
އެއާ އަސްތާނާ ފްލައިޓްގެ ބައެއް ފަޅުވެރިންނާއި އެމްއޭސީއެލްގެ ބައެއް މުވައްޒަފުން--- ފޮޓޯ: އެމްއޭސީއެލް
އެއާ އަސްތާނާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
ކަޒަކްސްތާންގެ ގައުމީ އެއާލައިން ކަމަށްވާ އެއާ އަސްތާނާ އިން ރާއްޖެ އަށް ދަތުރުތައް ފަށައިފި އެވެ.

މިއީ އެއާ އަސްތާނާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރާ ފުރަތަމަ ފަހަރު ކަމަށްވާ އިރު، އެ އެއާލައިނުން ރާއްޖެއަށް އައި ފުރަތަމަ ބޯޓު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ހެނދުނު 7:05 ގައި ޖައްސާފަ އެވެ. މިއަދު ރާއްޖެ އައި އެއާ އަސްތާނާގެ އެއާބަސް 321 އެލްއާރު މަރުކާގެ ބޯޓުން 146 ފަތުރުވެރިން އައިސްފައިވެ އެވެ.

your imageމިއަދު ރާއްޖެ އައި އެއާ އަސްތާނާ ފްލައިޓަށް މަރުހަބާ ކިއުން--- ފޮޓޯ: އެމްއޭސީއެލް

މިއަދު އެއާ އަސްތާނާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވާ އިރު، ކޮންމެ ހަފްތާއެއްގައި ވެސް ކަޒަކްސްތާންގެ އަލްމަޓީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ދެ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ފިނި މޫސުމާއި ދިމާކޮށް އެއާ އަސްތާނާ އިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ ޗާޓާ ފްލައިޓްތަކުން ކަމަށް ވިއަސް، އުންމީދަކީ އެ އެއާލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތަކެއް ފެށުން ކަމަށް އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ އޮފް ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވަނީ ވިދާޅުވެފަ އެވެ.

އަދި މި މަހުގެ 21 ވާ ހޯމަ ދުވަހުން ފެށިގެން އިތުރު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެއާ އަސްތާނާ އިން ބުނެއެވެ. އެގޮތުން އަލްމަޓީ އާއި މާލެއާއި ދެމެދު ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓެއްގެ އަގު އުޅެނީ 10،743.14 ރުފިޔާ (292،500 ކަޒަކްސަތާން ޓެންގޭ) އަށެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ގިނަ އެއާލައިންތަކުން ދަތުރުތައް ފަށާފައިވާ އިރު، ސިންގަޕޫރު އެއާލައިންސްގެ ދަށުން ހިންގާ ސިލްކްއެއާ އިން ވެސް ވަނީ މި މަހުގައި ރާއްޖެ އަށް ދަތުރުތައް ފަށައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް