ads
މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސް ޔާމީންގެ އިސްތިގުބާލުގައި ދާ ސަޕޯޓަރުންނަށް އަނިޔާ ނުކުރާތި: ޝިޔާމް
މާދަމާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޝަރީއަތަށް މާލެ ގެންނަވަގުތު، އެމަނިކުފާނުގެ އިސްތިގުބާލުގައި ދާ ސަޕޯޓަރުންނަށް އަނިޔާ ނުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުން އަދި މަނީ ލޯންޑްރިިންގެ ކުށުގެ ދައުވާއާއި ގުޅިގެން އިބްތިދާއީ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 02:00 އަށެވެ. 

މިކަން ފާހަގަކޮށް މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓުގައި ވަނީ، މާދަމާއަކީ އަނެއްކާވެސް ރައީސް ޔާމީންއަށް ކުރަމުންދާ ސިލްސިލާ އަނިޔާތަކުގެ އެމަނިކުފާނުގެ ޝަރީއަތެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ދުވަހެއް ކަމަށެވެ. އަދި ޝަރީއަތަށް އެމަނިކުފާނު މާލެ ގެންނަ ވަގުތަށް، އެމަނިކުފާނުގެ އިސްތިގުބާލުގައި ދާ ސަޕޯޓަރުންނަށް އަނިޔާ ނުކުރުމަށް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓެގް ކުރައްވައި ޝިޔާމް ވިދަޅުވިއެވެ. 

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަމަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހުގެ ޝަރީއަތަށް ރައީސް ޔާމީން މާލެ ގެނައުމަށްފަހު އަނބުރާ ގެންދިޔަ ވަގުތު އެމަނިކުފާނުގެ އިސްތިގުބާލަށް ދިޔަ އަންހެނުންތަކަކަށް ފުލުހުން އަނިޔާކުރިކަމުގެ ތުހުމަތު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް