ads
ލުފްތަންސާ---
ލުފްތަންސާ އިން މުވައްޒަފުންގެ އަދަދު މަދުކުރަނީ
ޖަރުމަންވިލާތުން ހިންގާ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ ލުފްތަންސާ އިން ގިނަ އަދަދެއްގެ މުވައްޒަފުން މަދުކުރަން ނިންމައިފި އެވެ.

މި އަހަރު ނިމުމުގެ ކުރިން އެ އެއާލައިންގައި މަސައްކަތްކުރާ ބޭރު 29،000 މުވައްޒަފުންގެ ވަޒީފާތައް ގެއްލޭއިރު، ކުރިއަށް އޮތް އަހަރުގައި ޖަރުމަނުވިލާތުގައި މަސައްކަތްކުރާ 10،000 މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ބައެއް ނޫސް ރިޕޯޓްތަކުގައިވެ އެވެ.

ނަން ހާމަކުރަން ބޭނުުންނުވާ ބައެއް ކުންފުނިތަކާއި ހަވާލާދީ ޖަރުމަންވިލާތުގެ ނޫހަކުން މައުލޫމާތުދޭ ގޮތުގައި ލުފްތަންސާ އިން ޖަރުމަންވިލާތުން ބޭރުގައި މަސައްކަތްކުރާ 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ މަދުކުރަން ނިންމާފައިވާ އިރު، އޭގެ ސަބަބުން އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 109،000 އަށް ދަށްވާނެ އެވެ.

ލުފްތަންސާ އިން އެ ގޮތަށް ނިންމާފައިވަނީ ކޮވިޑް-19 ގެ ސަބަބުން އެ އެއާލައިނަށް ގެއްލުން ވަމުންދާތީ ކަމަށް އެ ނޫސް ރިޕޯޓްތަކުން މައުލޫމާތުދޭ އިރު، ކޮވިޑްގެ ސަބަބުން ބައެއް އެއާލައިންތަކަށާއި އޮޕަރޭޓަރުންނަށް އެކި ވަރުގެ ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ.

އެއާއި އެކު، ލުފްތަންސާގެ ދަށުން ހިންގަމުން އަންނަ ބައެއް އެއާލައިންތައް ކަމަށްވާ ޔޫރޯވިންގްސް، ސްވިސް އެއާލައިންސް، އޮސްޓްރިއަން އެއާލައިންސްގެ އިތުރުން ބްރޫސެލްސް އެއާލައިންސް އިން ކުރަން ހަމަޖެހިފައިވާ ދަތުރުތަށް މަދުކުރަން ހަމަޖެހިފައިވާ އިރު، 2025 ގެ ކުރިން ކޮވިޑް-19 ގެ ކުރިން ހުރި ހާލަތަށް ދިއުމަކީ ދުރު ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް