ads
ފޮޓޯ: ދިރާގު
އާރުބީ ކުއެސްޓް ރީލޯންޗްކޮށް، ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް
ރާއްޖޭގެ އެންމެ ފުރަތަމަ "އޭއާރު" ގޭމް ކަމަށްވާ އާރުބީ ކުއެސްޓް އާ ފީޗާތަކަކާއި އެކު ރީލޯންޗްކޮށް، ޕްރޮމޯޝަނެއް ފަށައިފި އެވެ.

އާ ކެރެކްޓާތަކާއި އެކު، މިއަދު "ޝޫޓް އެމް" ފަދަ އާ ފީޗާތަކަކާއި އެއްކޮށް އާރުބީ ކުއެސްޓް ރީލޯންޗް ކޮށްފައިވާ އިރު، އެކަމާއި ގުޅިގެން ދިރާގުން ފަށާފައިވާ ޕްރޮމޯޝަންގައި އެ ކުންފުނީގެ މޯބައިލް ހިދުމަތް ހޯދަމުންދާ ހުރިހާ ކަސްޓަމަރުންނަށް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުނެއެވެ.

އާރުބީ ކުއެސްޓް ރީލޯންޗްކޮށްފައިވާ އިރު، އެ ގޭމް ރީލޯންޗް ކުރާތާ ފުރަތަމަ ތިން މަސް ދުވަސްތެރޭ ދިރާގު މަމެން ޕްލޭން ބޭނުންކުރާ ކަސްޓަމަރުންނަށް ގޭމް މެދުވެރިކޮށް މަމެން އެޕަށް ބޯނަސް ޑާޓާ ފޮނުވޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އެންމެ ގިނައިން ޕޮއިންޓް ހޯދާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދާ ފަރާތަކަށް އައިފޯން 12 ޕްރޯ މެކްސެއް ލިބޭ އިރު، ދެވަނައަށް އެންމެ ގިނައިން ޕޮއިންޓް ހޯދާ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް20 އަލްޓްރާ އެއް، އަދި ތިންވަނަ އަށް އެންމެ ގިނައިން ޕޮއިންޓް ހޯދާ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް20 ޕްލަސް އެއް ލިބޭނެ އެވެ.

ރާއްޖޭގެ ކޮންމެ ނެޓްވޯކެއް ބޭނުންކުރާ ފަރާތަކަށް އާރުބީ ކުއެސްޓް ކުޅެވޭ އިރު، އެ ޕްރޮމޯޝަންގައި ހަމައެކަނި ބައިވެރިވެވޭނީ ދިރާގު މޯބައިލް ނުވަތަ މަމެން ކަސްޓަމަރުންނަށް އެކަނި ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

އޭއާރު ކިޓް ހުންނަ އައިއޯއެސް ޑިވައިސްތަކުން އަދި އޭއާރު ކޯ ހުންނަ އެންޑްރޮއިޑް ޑިވައިސްތަކުން އާރުބީ ކުއެސްޓް ކުޅެލެވޭ އިރު، އެޕަލް އެޕް ސްޓޯގެ އިތުރުން ގޫގަލް ޕްލޭ ސްޓޯ އިން ވެސް މި ގޭމް ޑައުންލޯޑްކޮށްގެން ކުޅެލެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް