ads
ނ. މަނަދޫ--
ރުއްގަސް ކަނޑައިގެން މަނަދޫ ކައުންސިލް ޖޫރިމަނާކޮށްފި
ނ. މަނަދޫގެ އަލަށް ދޫކޮށްފައިވާ ގޯތިތަކުން ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރުމުން އެރަށު ކައުންސިލް ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކުރި އިއުލާނެއްގައި ބުނީ މަނަދޫގެ އަލަށް ދޫކޮށްފައިވާ ގޯތިތަކުން ގަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކަނޑާފައި ވަނީ ރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަނުކޮށް ކަމަށެވެ. 

އެގޮތުން ގަވާއިދުގެ ދަށުން ފުރިހަމަކުރަން ޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރާތީ އެކަމަށް ރިއާޔަތްކޮށް 20،000 ރުފިޔާ އިން ކައުންސިލް ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭ އިން ބުނެ އެވެ. 

ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑައިގެން މިއަދު މަނަދޫ ކައުންސިލް ޖޫރިމަނާކުރިއިރު އެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް ވެސް ވަނީ އަންގާފަ އެވެ.

މީގެ ކުރިން ވެސް އީޕީއޭ އިން ވަނީ ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑާ މައްސަލައާ ގުޅިގެން އެކި ކައުންސިލްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް