ads
އައްޑޫ ނޭޗާ ޕާކް؛ ގަސްއިންދަނީ
ދަނޑުވެރިންނަށް ތަމްރީންދޭން ޕޮރޮގްރާމްތަކެއް އަތޮޅުތެރޭގައި ހިންގަނީ
ދަނޑުވެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމްތައް ރަށްރަށުގައި ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރީން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން ބުނީ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ރަށްރަށުން ޕްރޮގްރާމް ހިންގުމަށް އެދި ހުށަހަޅަންވާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އެރަށެއްގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތައް މެދުވެރިކޮށް ކަމަށެވެ.

ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ލިބިފައިވާ ބަޖެޓާއި މިނިސްޓްރީގައި ފަންނީ މުވައްޒަފުން ތިބި މިންވަރަކުންވީ އެންމެ ގިނަ ރަށެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގައިދިނުމަށް މަސައްްކަތް ކުރާނެކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ގިނަ ރަށްތަކަކުން ތަމްރީނު ޕްރޮގްރާމް ހިންގުމަށް އެދޭނަމަ ކޯސް ހިންގުމަށް އެދި ހުށަހަޅާ ފޯމުގައިދޭ މައުލޫމާތުތަކަށް ބަލައި ޕްރޮގްރާމް ހިންގުމަށް އެންމެ އެކަށީގެންވާ ކަމަށް ފެންނަ ރަށްތައް ކަނޑައަޅާ އެރަށްރަށުގައި އަންނަ އަހަރު ތަމްރީނު ޕްރޮގްރާމްތައް ހިންގައިދޭނެ ކަމަށް ބުނެ އެވެ. 

އެގްރިކަލްޗާ މިނިސްޓަރީން ބުނީ ތަމްރީނު ޕްރޮގްރާމްތައް ބައްޓަން ކުރެވޭނީ އެރަށެއްގައި ހުރި މައްސަލަތަކަށް ބެލުމަށްފަހު އެރަށަކަށް އެންމެ އެކަށީގެންވާނެ މައުލޫމާތުތައް ފޯރުކޮށްދެވޭނެ ގޮތުގެ މަތިން ކަމަށެވެ. އަދި މި ތަމްރީނު ޕްރޮގްރާމްތަކުގެ ދިގު މިނަކީ ދިހަ ދުވަހާއި ސާދަ ދުވަހާ ދެމެދުގެ މުއްދަތެއްކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތާއި ތަމްރީނު ދިނުމަށް މިހާރުވެސް އެ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށަށް އެ މިނިސްޓްރީގެ ފަންނީ ބޭފުޅުން ޒިޔާރަތްކޮށް ދަނޑުވެރިކަން ކުރަންވީ ރަނގަޅު ގޮތްތައް އަންނަނީ ބުނެދެމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް