ގައުމީ މާޝަލް އާޓްސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު ---
ގައުމީ މާޝަލް އާޓްސް ސެންޓަރު ހުޅުވައިފި
Share
ހުޅުމާލޭގައި ހެދި ނޭޝަނަލް މާޝަލް އާޓްސް ސެންޓަރު މިއަދު ހުޅުވައިފި އެވެ.
Advertisement

މާޝަލް އާޓްސްގެ ގައުމީ އެސޯސިއޭޝަނެއް އުފައްދައި، ހުޅުމާލޭގައި ނޭޝަނަލް މާޝަލް އާޓްސް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އާއްމުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ހަތް ވަނަ ދުވަހުއެވެ. މިއަދު އެ ސެންޓަރު ހުޅުއްވާ ދެއްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ތެރެއިން، މިއަދު ހުޅުވުނު އާ ވަސީލަތްތަކަކީ، ޓީ.ޓީ. އާއި މާޝަލް އާޓްސްއަށް ޝައުގުވެރިވާ ޒުވާނުންނަށް ހުޅުވިގެންދާ ރަނުގެ ފުރުސަތުތަކެއް ކަމަށެވެ. މިއަދު ހުޅުވުނު ގައުމީ މާޝަލް އާޓްސް ސެންޓަރުގެ އިތުރުން، މާޝަލް އާޓްސް އެސޯސިއޭޝަނެއް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ގާއިމުކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޢޭގެ އިތުރުން މިއަދު ވަނީ މަޝާއަލް އާޓްސް ގެ އިތުރުން ހުޅުމާލޭގައި ތަރައްގީ ކުރި ޓީ.ޓީ ހޯލް ވެސް ހުޅުއްވާދެއްވާފައެވެ.   

އެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް އާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންގެ އިތުރުން، ދިވެހިރާއްޖޭގެ ޒުވާން ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ ބެލެނިވެރިން އަދި އެޗްޑީސީ ކުންފުނީގެ އިސްވެރިންނާއި އެސޯސިއޭޝަންތަކުގެ ވެރިން، ހާޒިރުވެވަޑައިގެން ތިއްބެވިއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް