ads
ޓްރަމްޕްގެ ގާނޫނީ ވަކީލު ރޫޑީ ގިލިއާނީ--
ޓްރަމްޕްގެ ވަކީލަށް ކޮވިޑް ޖެހި ހޮސްޕިޓަލުގައި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާނޫނީ ވަކީލު ރޫޑީ ގިލިއާނީ ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި އެވެ.

ޓްރަމްޕް ވަނީ ރޫޑީއަށް އަވަސް ޝިފާއަކަށް އެދި ޓްވީޓު ކުރައްވާފަ އެވެ. 

ރިޔާސީ އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތުގައި ކޯޓުގައި ހިނގާ މައްސަލަތަކުގައި އެންމެ އިސްކޮށް އުޅުއްވަނީ ރޫޑީ އެވެ. 

ޓްރަމްޕްއާ ގާތް ގިނަ ބަޔަކަށް މީގެ ކުރިން ވެސް ކޮވިޑް ޖެހިފައި ވެއެވެ. އަދި ޓްރަމްޕް ވަނީ ކޮވިޑްގެ ސަބަބުން އޮކްޓޫބަރު މަހު ފަރުވާ ހޯއްދަވާފަ އެވެ.

އެމެރިކާގައި މިހާތަނަށް 14.6 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު 281،234 މީހުން މަރުވެފައި ވެއެވެ. ކޮވިޑުގެ ހާލަތު އެންމެ ގޯސް އެއް ގައުމަކީ އެމެރިކާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް