ads
އާސެނަލްގެ ކޯޗު އާޓެޓާ
އާސެނަލް ބަލިކޮށް ޓޮޓެންހަމް އެއްވަނައަށް
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ބަލިކޮށް ޓޮޓެންހަމުން ޓޭބަލްގެ އެއްވަނައަށް އަނެއްކާވެސް އަރައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ އާސެނަލް، ޓޮޓެންހަމް އަތުން ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. 

އާސެނަލްގެ މައްޗަށް ކުރި ހޯދައި، ޓޮޓެންހަމުން ޓޭބަލްގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހުނީ ސައުވީސް ޕޮއިންޓާ އެކުއެވެ. އާސެނަލް އޮތި ފަނަރަވަނައިގަ އެވެ. 

ދެ ޓީމުންވެސް އެގާރަ މެޗު ކުޅެފައިވެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޓޮޓެންހަމްގެ ދެ ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. 

މެޗުގެ ކުރީކޮޅު ފުރަތަމަ ލަނޑު ޖެހީ ސޮން ހުއެން-މިންއެވެ. ދެވަނަ ލަނޑަކީ ކެޕްޓަން ކޭންގެ ލަނޑެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް