ads
އަދާލަތު ޕާޓީގެ ފްރެސްއެއްގެ ތެރެއިން
ރާއްޖޭގައި ފުރަތަމަ ފަހަރަށް އީވޯޓިން އަދާލަތު ޕާޓީއިން
ކޮވިޑް 19 ގެ ހާލަތަށް ރިއާޔަތްކޮށް މި އަހަރު އަދާލަތު ޕާޓީގެ ރައީސުންގެ އިންތިހާބުގައި ވޯޓުލުން ކުރިޔަށް ގެންދަނީ އީވޯޓް މެދުވެރިކޮށް ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

އަދާލަތު ޕާޓީން ބުނީ އެޕާޓީގެ ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިހާބު މިމަހު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާއިރު އިންތިހާބު ކުރިއަށްދާނީ އޮންލައިންކޮށް ކަމަށެވެ.

އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެއް ކެނޑިޑޭޓުންނަށް ވުރެ ގިނައިން ކުރިމަތިލާފައި ވަނީ ހަމައެކަނި މައްޗަންގޮޅީ މެދު ދާއިރާއަށް ކަމަށާއި އިންތިހާބުގެ ވޯޓްލުން މިމަހުގެ 19 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް ކުރިއަށްދާނެ ކަމަށް އެ ޕާޓީއިން ބުނެއެވެ.

އޮގަސްޓް 18 2005 ގައި ރަޖިސްޓްރީކުރެވުނު އަދާލަތު ޕާޓީގައި 6436 މެމްބަރުން އެބަ ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް