ads
ކަނޑުގަަދަ ދުވަހެއްގައި ތެޔޮ ބޯޓެއް ދަތުކުރަނީ-- ފޮޓޯ: ސީއެންއެމް
ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވައި ގަދަ ވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރިފައިވަނީ މިއަދުގެ 12:30 އިން 17:30 އަށެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ގަޑިއަކު 19 މޭލާއި 24 ދެމެދުގެ ބާރުމިނުގައި ވައިޖެހުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މެޓުން ބުނީ މެދުރާއްޖެތެރެ އާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި އަދި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް