ads
އައްޑޫ ފްލައިން ސްކޫލު--
ފްލައިން ސްކޫލުން ބޭރު ފައިސާއިން ފީ ނަގާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
އައްޑޫ ފްލައިން ސްކޫލުން ބޭރު ފައިސާ އިން ކޯސްފީ ނަގާ މައްސަލަ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިތުރުން ފުލުުހުންނަށް ހުށަހަޅައިފި އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މައުލޫމާތުދޭ ގޮތުގައި އެ މިނިސްޓްރީން ފުލުހުންނަށާއި އެމްއެމްއޭ އަށް އެ މައްސަލަ ހުށަހަޅާފައިވަނީ މިނިސްޓްރީގެ އެންގުމާއި ހިލާފުވެ، ބޭރު ފައިސާ އިން ދަރިވަރުންގެ އަތުން ކޯސްފީ ނަގަމުންދާތީ ކަމަށެވެ.

މީގެ ކުރިން ވެސް ދިވެހި ފައިސާ އިން ކޯސްފީ ނެގުމަށް އައްޑޫ ފްލައިން ސްކޫލަށް އަންގާފައި ވާނެ ކަމަށާއި، އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ފަރާތުން އެ މައްސަލަ ފެންމަތިވި ހިސާބުން އެގޮތަށް އެކަން ނުކުރުމަށް އަންގާފައި ވާނެ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން ބުނާ ގޮތުގައި މި ކަންތައްތައް ހައްލުކުރުމަށް އެ ސްކޫލަށް ފުރުސަތު ދީފައިވީ ނަމަވެސް، މިހާތަނަށް އެ ކަންތައްތައް ހައްލުކޮށްދީފައެއް ނުވެއެވެ.

ރާއްޖޭގައި އަމަލުކުރާ މަނިޓަރީ ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ތަންތަނުން ކުއްޔާއި ފީ ބަލައިގަންނަން ޖެހޭނީ ދިވެހި ރުފިޔާއިން ކަމަށްވާ އިރު، އައްޑޫ ފްލައިން ސްކޫލުން ވަނީ އެ ގަވާއިދާއި ހިލާފުވެފަ އެވެ.

އައްޑޫ ފްލައިން ސްކޫލުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ގަވާއިދުތަކަށް ބޯލަނބާފައި ނުވާތީ އެ މިނިސްޓްރީން ވަނީ ސިވިލް އޭވިއޭޝަނަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.

ފްލައިން ސްކޫލްގެ މައްސަލަތައް އިތުރުވެފައިވާތީ، އެ ސްކޫލަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް