ads
މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސަރުކާރުގެ ތެރެއިން ބަޔަކު މަޖިލިސް ތަޣައްޔަރުކުރަން އުޅޭ: އާޒިމް
ރައްޔިތުންހގެ މަޖިލިސް ތަޣައްޔަރުކުރަން ސަރުކާރުގެ ތެރެއިން ބަޔަކު މަސައްކަތްކުރާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އާޒިމް ހުށަހަޅުއްވާފައިވާ އިސްލާހު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ބިލު ދިރާސާކޮށްފައި ގެނައި ކަންބޮޑުވުންތަކަށް ރިއާޔަތް ނުކުރާ ކަމަށެވެ.

އާޒިމް ތުހުމަތު ކުރައްވާ ގޮތަުގައި އެގޮތަށް އެކަން ދިމާވީ ސަރުކާރުގެ ތެރެއިން ބަޔަކު މަޖިލީހުގެ ތެރެއަށް އަތް ގަދަކުރާތީ އެވެ.

އެ ބިލު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި ދުވަހު އާޒިމް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ފާޑުވިދާޅުވެފަ އެވެ. މިއަދުގެ ޖަލްސާގައި ވެސް ބެލެވޭ ގޮތުގައި އާޒިމް ފާޑުކިޔުން އަމާޒުކުރީ ފައްޔާޒަށެވެ. އާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސީނިއާ ވަޒީރުކަމަށް ހެދިގެން މަޖިލީހުގެ ތެރެއަށް "އަތްބާނައިގެން" ކަންތައްތައް ކުރަން މަސައްކަތް ކުރެ އެވެ. 

އާޒިމް ވަނީ މަޖިލިސް މަޖިލީހުގެ ގޮތުގައި ހިންގަން ފުރުސަތު ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނޫންނަމަ ރައްޔިތުން ބޭނުންވާ ގޮތް ނުވާނެ ކަމަށާއި މަޖިލީހަކީ ސަރުކާރުން ހުށަހަޅާ ކަންތައްތަކުގައި ރަބަރު ސްޓޭމްޕް ޖަހައިދޭ ތަނަށްވެއްޖެނަމަ މަޖިލީހުގެ ތެރެއިން އުފާވެރިކަން ނުލިބޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް