ads
މަލީހު ޖަމާލް --
މަލީހު ވަކިކުރުމަށް އެމްޑީޕީން ރައީސްއަށް ސިޓީއެއް ފޮނުވައިފި
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ވަކިކުރުމަށް އެދި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް ނުދަންނަވައި އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރަކަށް މަޖިލީހުން ކަމެއް ކުރުން، ނުވަތަ މަގާމުން ވަކިކުރުން އެއީ ކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާއަށް އެ ވާހަކަ ދަންނަވާފައިވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް މިހެން ވިދާޅުވީ މިނިސްޓަރު މަލީހު މަގާމުން ވަކިކުރުމުގެ މައްސަލައަށް އިޝާރާތް ކުރައްވަމުންނެވެ. އެގޮތުން އާޒިމް ވިދާޅުވީ، މަޖިލިސް ޗުއްޓީ ނިމިގެން، އަންނަ އަހަރުގެ ފުރަތަމަ ދައުރަށް އަންނަ އިރުގައި މިނިސްޓަރު މަލީހް ވަކި ކުރުމުގެ މައްސަލައަށް އަލި މަގެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މަލީހުގެ އިތުބާރު ނެތްކަމަށްބުނެ އެމްޑީޕީ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އެގޮތުން އެމްޑީޕީ ޕީޖީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ މަލީހަށް އިތުބާރު ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް