ads
މެސީ އަދި ރޮނާލްޑޯ
މެސީއާ ރޮނާލްޑޯގެ ކުރިމަތިލުން މިރޭ
އެތައް ބަޔަކު އިންތިޒާރު ކުރަމުން އައި، ޗެމްޕިއަންސް ލީގުގައި ލިިއޮނަލް މެސީއާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތިލުން މިރޭ އޮންނާނެއެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބާސެލޯނާއާ ޔުވެންޓަސް ކުޅޭ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު އެކެއް ޖަހާއިރުއެވެ.

ޗެމްޕިއަންސް ލީގުގެ ގުރު، މި ދިޔަ އޮކްޓޫބަރު މަހު ނެގުމާއި އެކު އެންމެ ގިނަ ބަޔަކު ޝައުގުވެރިވި މެޗަކަށްވީ ބާސެލޯނާއާ ޔުވެންޓަސްގެ މެޗަށެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން މިދިޔަ މަހު އޮތް އިރު، ކޮވިޑަށް ޕޮޒިޓިވްވެ ރޮނާލްޑޯއަށް އެ މެޗު ގެއްލުނެވެ. އެ މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ ބާސެލޯނާއެވެ. ކޮވިޑާ ހެދި އެ މެޗު ރޮނާލްޑޯއަށް ގެއްލިފައިވާތީ މިރޭގެ މެޗު ވެގެންދާނީ ރިއާލް މެޑްރިޑުން އިޓަލީގެ ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވި ފަހުން، ޒަމާންވީ ވާދަވެރިޔާ މެސީއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށެވެ. 

މިރޭގެ މެޗަށް ބާސެލޯނާއާ ޔުވެންޓަސް ނުކުންނައިރު، މި ދެ ޓީމުވެސްވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ފަސް މެޗުން ބާސެލޯނާ ފަނަރަ ޕޮއިންޓް ހޯދާފައިވާއިރު، ޔުވެންޓަސްއަށް ފަސް މެޗުން ލިބިފައިވަނީ ބާރަ ޕޮއިންޓްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް