ads
ރަހުމަތްތެރިޔާގެ ކިޔެވުން ހަލާކުކޮށްލަން ހެދީ ސިހުރު-
ރަހުމަތްތެރިޔާގެ ކިޔެވުން ހަލާކުކޮށްލަން ހެދީ ސިހުރު!
ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅު ކަމަށްވާ ރާޔާއަކީ (އަސްލުނަމެއް ނޫން) އުމުރުން 17 އަހަރުގެ ކިޔަވަން މޮޅު އަދި އެހާމެ ތޫނުފިލި ކުއަޖެކެވެ. އަބަދުވެސް ކިލާހުން އެއްވަނަ ހޯދަމުން އައި ކުއްޖެކެވެ. ނަމަވެސް ރާޔާގެ އުޖާލާ ދިރިއުޅުން ބަނަވެގެން ދިޔައީ އޭނާ ހީވެސް ނުކުރާ ގޮތަކަށެވެ.

އެއީ 2015 ވަނަ އަހަރެވެ. 10 ވަނަ ކިލާސްގައި ރާޔާ ކިޔަވަނުން ދިޔައީ ފޮނިއުންމީދު ތަކާ އެއްކޮށެވެ. އެއީ ގަދަ 10 ގައި ހިމެނުމަކީ އޭނާ ކުޑައިރުން ފެށިގެންވެސް ކުރާއުންމީދެވެކެވެ. މި ހުވަފެނުގައި ކުލަ ޖެއްސުމަށް ރާޔާއާ އެއްވަރަށް އޭނާގެ މައިންބަފައިންވެސް ދަނީ ގަދަ އަޅާ މަސައްކަތް ކޮއްދެމުންނެވެ.

ރާޔަގެ އަކީ އެހާ ބައިވަރު ރަހުމަތްތެރިން ގެންގުޅޭ ކުއްޖެއްނޫނެވެ. އޭނާގެ އެންމެ ގާތް ރަހުމަތްތެރިއަކީ ނީނާ( އަސްލު ނަމެއް ނޫން) އެވެ. ނީނާ އަކީ ތޫނުފިލި ނަމަވެސް ކިޔަވަން މަސައްކައް ކުރާ ކުއްޖެއް ނޫނެވެ. ގިނަ ފަހަރު އޭނާ ފިލާވަޅުތަށް ވެސް ހަދަނީ ރާޔާގެ ފޮތް ބަލައިގެންނެވެ.ކިޔަވަން މަސައްކަތް ކުރުމަށް ރާޔާ ނީނާ އަށް އަބަދުވެސް ނަސޭހަތްދެއެވެ ނަމަވެސް ނީނާ މި ނަސޭހަތައް ދެނީ ބީރު ކަންފަތެވެ.

ދުވަސްތައް މި ގޮތުގައި ފާއިތުވަމުން ގޮސް މިއަދަކީ ފުރަތަމަ ޓާމް ގެ އިމްތިހާން އޮތް ދުވަހެވެ. ރާޔާ ވަނީ މި ދުވަހަށް ދުރާލާ ތައްޔާރު ވަމުން އައިސްފައެވެ.

އިތިހާން ފެށުމާއެކު ރާޔާ ޓެސްޓު ޕޭޕަރު ހަދަން ފެށިއެވެ. ނަމަވެސް އޭނާ ދަސްކޮއްފައިވާ އެއްވެސް ފިލާވަޅެއް ހަދާނަކަށް ނައެވެ. އިމްތިހާން ގަޑައް ރާޔާއަށް ބަލަން އިދެވުނީ އެވެ. އޭނާއަށް މި ވަނީ ކީއްކަމެއް ރާޔާއަކަށް ނުވިސްނުނެވެ.

އިމްތިހާން ގަޑި ޖެހުނު އިރުވެސް ރާޔާ ގެ އިމްތިހާން ކަރުދާސް އޮތީ ހުސްކޮށެވެ. އޭނާގެ ދެލޯ ފެންކަޅި ވިއެވެ. މީ ކުރިން އޭނާއަށް ދުވަހަކުވެސް ދިމާވެފައިވާ ކަމެށްނޫނެވެ.

އިމްތިހާން ހަފްތާ ނިމިގެން ދިޔައީ މިކަހަލަ ގޮތަކަށެވެ. ފިލާވަޅު ދަސްކުރާ މަގުތު ތަކުގައި ބޭއިހްތިޔާރުގައި ރާޔާއަށް ނިދެއެވެ. އަދި ކިޔެވުމުގެ މަތިން މަޑު މަޑުން އޭނާ ފޫހި ވަމުން ދިޔައެވެ. މިކަން ފާހަގަވެގެން އޭނާގެ މައިންބާފައިން ސުވާލުކުރުމުން ރާޔާގެ ގާތަށް ރުޅިއައިސްގެން އޭނާ އާ ސުވާލު ނުކުރުމަށް އެދުނެވެ. މީ ރާޔާ އޭނާގެ މައިންބަފައިންނާ ދުވަހަކުވެސް މުހާތަބު ކުރި ގޮތެއް ނޫނެވެ.

އިމްތިހާނުގެ ނަތީޖާ ލިބުނު އިރުގައި ރާޔާ ވީ ކުލާހުން އެންމެ ދަށް ނަތީޖާ ލިބުނު ކުއަޖާއަށެވެ. މިކަމާ ގުޅިގެން ރާޔާގެ ބެލެނިވެރިންނާ ސުކޫލުން ބައްދަލުކުރިއެވެ.

ރާޔާގެ އުޅުން ދުވަހުން ދުވަހަށް ދިޔައީ ބަދަލު ވަމުންނެވެ. ބަރާބަރަށް ފަސް ނަމާދު ކުރަމުން އައި ކުއްޖާ މިހާރު އެއްވެސް ނަމާދެއް ނުކުރެއެވެ. މައިންބަފައިންނާ ދިމާލައްވެސް ރާޔާކިޔަނީ ހިތަށް އެރިހާ އެއްޗެކެވެ. މި ކަމާ އޭނާގެ މައިންބަފައިން ރާޔާއަށް ނަސޭހަތް ދިނަސް އޭނާގެ އުޅުން ރަނގަޅެއް ނުވިއެވެ.

ރާޔާ މިހާރު ވެފައިވަނީ އޭނަގެ ކްލާސް އިން އެންމެ ދަށް ނަތީޖާ ހޯދަމުން އައްނަ ކުއްޖާއަށެވެ. އަދި އޭނާ ގެ އެކުވެރިޔާ ނީނާ އަކީ ކްލާހުގެ އެންމެ މޮޅުކުއްޖާއަށް ވެއްޖެއެވެ.

ހުކުރު ދުވަހުގެ މެންދުރުގެ ވަދުތެވެ ރާޔާގެ މަންމަ ފަޒްނާ (އަސްލު ނަމެއް ނޫން) އިނީ ނަމާދު ކޮއްގެން ގުރުވާން ކިޔަވާށެވެ. ކުއަލިޔަކަށް ރާޔާއައިސް އޭނާގެ މަންމަ އަތުން ހަތިމް ނަގާ އެއްލާލިއެވެ. އަދި ނުވެސް ދައްނަ ބަހުރުވައަކުން ފަޒްނާ އާ  ދިމާލަށް ކޮންމެވެސް އެއްޗެކޭ ކިޔަން ފަށައިފިއެވެ. ފަޒްނާ އިނީ އަށް ސޮކެއްގެ ތެރޭގައެވެ.

ރާޔާގެ ބައްޕަ (އަސްލުނަމެއް ނޫން) އުމަރު ހުކުރުން ގެޔަށް އައުމާއެކު ފަޒްނާ އޭނާގެ ދަރިފުޅުގެ އަމަލުތައް ހުރިގޮތް ކިޔައިދިނެވެ. 

ރާޔާގެ އުޅުން ހުރިގޮތުން ކަންތައްތައް ރަގަނޅު ނޫންކަން އެ ދެމަފިރިންނަށް ރޭކާލައިފިއެވެ. 

އެ ރަށުގައި ރުގިޔާކުރުމަށް މަޝްހޫރުވެފައިވާ އާދަންބެ( އަސްލުނަމެށް ނޫން) އަށް ގުޅިއެވެ. އަދި އެރޭ އެގެޔަށް އައިސްދިނުމަށް އެދުނެވެ.

އެރޭ 22:30 ހާއިރެވެ. ރަންއަލި ގެއިން އިވެމުން ދިޔައީ ގަދަ ފަދަ އަޑުތަކެވެ. އެގެޔަށް ހީވަނީ ތޫފާނެއް އަރައިގެން އުޅޭހެންއެވެ. ރާޔާގެ ހަށިގަނޑު ވައިގެ ތެރޭގައި އުދުހޭން ތެޅި ފޮޅި ނަގަމުން ދިޔައެވެ. އާދަންބެ ދިޔައީ ގުރުއާން އަޑު ހަރުކޮށް ކިޔަމުންނެވެ.

މިގުތައް ކަންތަށް ހިގަމުންދާތާ ގަޑިއިރެއްފަހުން މަޑުމަޑުން ރާޔާގެ ހަށިގަނޑު މަޑުމަޑުން އެދަށް ތިރިވެއްޖެއެވެ. ގޭތެރެއަށް އައިސްފައިވާ ތޫފާންވެސް މައިތރި ވެއްޖެއެވެ.

އާދަންބެ ރާޔާގެ ނިއްކުރީގައި އަތް ބާވައިގެން ހުރެ ގުރުއާނުގެ އާޔަތްތައް ކިޔަވަމުން ދިޔައެވެ. ރާޔާގެ ހަށިގަނޑު ރޯމަހެށް ތެޅޭހެން ތެޅެމުން ގެންދިޔައެވެ.

ކުއަލިޔަކަށް ރާޔާ ފިރިހެނެއްގެ އަޑުން ވާހަކަދައްކަންފައިފިއެވެ. އާދަންބެ ކުރިޔަތް ވުރެ ބާރަށް އޭނާގެ އަޑު ހަރުކުރިއެވެ. ރާޔާ ދިޔައީ ފިރިހެނެށްގެ އަޑުން އޭނާ އަށް އަނިޔާ ނުކޮށް ދޫކޮށްލުމަށް އާދޭސްކުރަނީ އެވެ. ރާޔާގެ ގައިގައި ހިފަހައްޓައިގެން ހުރި އޭނާގެ ބައްޕަ ހުރީ ފެންކަޅިވެފައެވެ. ހުރި ހަމައެކަނި ދަރިފުޅު ވޭނުގަ ތެޅޭތަން ފެއްނާތީ ހިތްހަލާކު ވެގެންއެވެ.

އާދަންބެ ރާޔާގެ ގައި ތެރޭގައިވާ މަހުލޫގަށް ރާޔާ ދޫކޮށްލުމަށް އަމުރުކުރިއެވެ. ނަމަވެސް ރާޔާ ދޫނުކުރާނެކަމަށް އެ ޝައިތާނާ ދަނީ ބުނަމުންނެވެ.

އާދަންބެ ފެން ކިޔަވާފައި ރާޔާގެ މޫނަށް ޖެހިއެވެ. އަދި ރާޔާ އާއި އަވަލައިގެން ތި އުޅެނީ ކީވެތޯ  ސުވާލު ކުރިއެވެ.

އޭތި ބުނި ގޮތުގައި ރާޔާއަށް އޭނާ ގެ އެންމެ ގާތް ރަހުމަތްތެރިޔާ ވަނީ ސިހުރު ހަދާފައެވެ. ރާޔާއަށް އެންމެ ކަމުދާ މެގްނަމް ޕުޑިންނައް ފަންޑިތަ ހަދައިފައި ކާންދީފައިވާ ކަމަށް އޭތި ބުނިއެވެ. އަދި ސިހުރު ހަދާފައިވަނީ ރާޔާ ކިޔެވުމަށް ދައްކުރުމަށް ކަމަށް އޭތި ބުޏެވެ.

އެތަށް އިރެށްގެ ހަނގުރާމައަށް ފަހު އޭތި އެންމެ ފަހަށް ރާޔާގެ ހަށިގަނޑު ދޫކޮއަލިއެވެ. އަދި ޝަހާދަތުގެ ދެ ކަލިމަ ކިޔާ މާތް ﷲ އަށް ތަބާވިއެވެ.

ރާޔާގެ ދިރިއުޅުން ކުރީގެ އުސޫލަށް ނުދާނެ ކަންކަށަވަރެވެ. އޭނާ ސްކޫލަށް ދާންވެސް ޖެހިލުން ވިއެވެ. ނަމަވެސް އޭނާގެ މައިންބަފައިންގެ އެއަބާރު ލުމާއެކު ރާޔާ އޭނާ ގެ ކިޔެވުން ކުރިޔަށް ގެންދިއައެވެ.

ގަދަ ދިހަޔެށްގެ އެއްވަނަ މަގާމު ނުލިބުނެށް ކަމަކު ފަހުރުވެރި 10 ވަނަ އަށް އޭނާ ވާސިލް ވިއެވެ. 

ނީނާ ގަދަ ދިހަޔެށްގެ އެއްވަނަ މަގާމު ވާސިލު ވީނަމަވެސް އެއީ ކާމިޔާބީއެއް ނޫނެވެ.

މިއީ ވެސް އަޅުގަނޑު މެންގެ މުޖުތަމައު ތެރެއިން ފެއްނަމުންދާ މައްޒަރަކެވެ. ރަހުމަތްތެރިޔާގެ ކުރިއެރުމަށް އުފާ ކުރުމުގެ ބަދަލްގައި ހަށަދަވެރި ވަނީއެވެ. ގަދައަޅާ މަސައްކަތް ކުރުމުގެ ބަދަލުގައި ހިފަނީ ޝައިތާނާގެ އަތުގައެވެ.

މި ވާހަކަ އަކީ ހަގީގީ ވާހަކައެއްގެ މަށްޗައް ބިނާ ކޮއްލިޔެފައިވާ ވާހަކަ އެކެވެ.

26%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް