ads
14 ވަނަ އޯއައިސީ ސަމިޓުގައި ރައީސް ސޯލިހު އަދި މިނިސްޓަރު ޝާހިދު--
ފޮރިން މިނިސްޓަރު ގިނަ އަދަދެއްގެ ސަފީރުންނާ މިނިސްޓަރު ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓަރު ސާހިދު ބޭރު ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅާފައިވާ ގިނަ އަދަދެއްގެ ސަފީރުންނާ ބައްދަލު ކުރަށްވަން ނިންމަވައިފިއެވެ.

ފޮރިން މިނސްޓަރީގެ ޑިރެކްޓަ އޮފް ކޮމިށަންސް މިއުވާން ވިދާޅުވީ މި ބައްދަލްވުން ތަކަކީ ރާއްޖެއަށް އައްޔަން ކޮއްފައިވާ އެކި ސަފީރުންނާ ވާހަކަފުޅު ދައްކަވާ ގުޅުން ބަދަހިކުރުމެވެ.

"ރާއްޖެ އާއި އެ ގައުތަކާ މެދު އޮއްނަ ގުޅުން ރަނގަޅުކޮށް ހަރުދަނާ ކުރުން މި ބައްދަލުވުންތަކުގެ ބޭނުމަކީ،" - މިއުވާން

މިއަދު މިނިސްޓަރު ސާހިދު އީސްޓަން ޔޫރަޕްގެ ބައެއް ސަފީރުންނާއި ސައުތް އެމެރިކާގެ ބައެއް ސަފީރުންނާ ބައްދަލު ކުރައްވާނެއެވެ.

your imageޗައިނާ ސަފީރާއި ފޮރިން މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރު މިއަދު ބައްދަލުކުރައްވަނީ-- ފޮޓޯ: އަބްދުﷲ ޝާހިދު/ ޓްވިޓާ

މި ހަފްތާގެ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އެކި ގައުމުގެ ސަފީރުންނާ އެކު ބައްދަލުވުންތަށް ކުރިޔަށްދާނެއެވެ.

މީގެ އިތުރުން މިރޭ 8:00 ގައި ސެންޓްރަލް އެމަޖެންސީ ރެސްޕޯންސް ފަންޑުގައިވެސް މިނިސްޓަރު އޮންލައިން ކޮށް  ބައިވެރިވެ ވަޑައިގައްނާނެއެވެ. 

މި ބައްދަލުވުމުގައި ޔޫއެން ގެ ސެކެއްޓެރީ ޖެނެރަލް މި އަހަރު ތެރޭގައި ގައުތަކަށް ދިމާވި މައްސަލަތަކާއި އޭގެން އަރައިގަށްނަން މަސައްކްތް ކުރާ ގޮތުގެ ވާހަފުޅު ދައްކަވާނެއެވެ.

އަދި މާދަމާރޭގައި ދުނިޔޭގެ ޕޮރެސް ފްރީޓަމް ކޮންފަރެސްގައިވެސް މިނިސްޓަރު ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް