ads
ޕީޕީއީ ހެދުމެއްގައި އިންޑިއާގެ ބަޔަކު ކައިވެނިކުރުން--- ފޮޓޯ: ސީއެންއެން
ޕީޕީއީ ލައިގެން ކައިވެނިކޮށްފި
އާންމުކޮށް އިންޑިއާގައި ކުރިއަށް ގެންދާ ކައިވެނި ހަފްލާތަކަކީ ކުލަގަދަގޮތެއްގައި ކުރިއަށްގެންދާ ހަފްލާތަކެކެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ގިނަ މީހުން ނުހިމެނޭ ގޮތަށް ކައިވެނީގެ ހަފްލާތައް ބޭއްވުމަށް ވަނީ މަޖުބޫރުކޮށްފަ އެވެ.

ދާދިފަހުން އިންޑިއާގެ ރާޖަސްތާން އަވަށުގައި ވަރަށް އާދަޔާއި ހިލާފު ގޮތަކަށް ކައިވެނީގެ ހަފްލާ އެއް ވަނީ ބާއްވައިފަ އެވެ. އާންމުކޮށް އިންޑިއާގައި ކައިވެނި ކުރާ މީހުން ލައިގެން އުޅޭ ސަގާފީ ހެދުމުގެ ބަދަލުގައި ކައިވެނިކުރި ދެމަފިރިން ލައިފައިވަނީ ޕީޕީއީ އެވެ.

އެ ކައިވެނީގެ ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ރާޖަސްތާން އަވަށުގެ ބަރަންގައި ހުންނަ ކޮވިޑް-19 ކަރަންޓީނު ސެންޓަރުގައި ކަމަށްވީ އިރު، ކައިވެނި ކުރި އަންހެން މީހާ ވަނީ ކައިވެނި ކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

އެ އަންހެން މީހާގެ އިތުރުން އޭނާގެ އާއިލާގެ އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، ކައިވެނި ހަފްލާއަށް ފަހު ދެ މީހުންވެސް ވަނީ ބަރަންގައި ހުންނަ ކަރަންޓީނު ސެންޓަރުގައި އެނދުމަތިކޮށްފަ އެވެ.

ދެވަނަ އަށް އެންމެ ގިނައިން ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާ އިންޑިއާ އިން މިހާތަނަށް 9.6 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ދަށްވާން ފަށައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް