ads
ކިންގް ސަލްމާން މިސްކިތް ކައިރީ ތަރައްގީކުރި ޕާކިން ޒޯން--
ސަލްމާން މިސްކިތް ކައިރީ ފީ ދައްކައިގެން ޕާކުކުރުމުގެ ފުރުސަތު އަނެއްކާވެސް
ސައޫދީ ސަރުކާރުން މާލޭގައި އަޅައިދިން ކިންގް ސަލްމާން މިސްކިތް ވަށައިގެންވާ ޕާކިން ޒޯނުގެ ޖާގަތައް ކުއްޔަށް ދޭން އަނެއްކާވެސް ހުޅުވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާ އިން ބުނީ ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައިވާ ޕާކިން ޒޯންކަށް ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިކަމަށެވެ. 

އެ ޒޯނުން ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ ކެންސަލްވި 27 ޖާގަ އާއި ސަލްމާން މިސްކިތުގެ ސަރަހައްދުން އަލަށް ގާއިމު ކުރި 8 ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލް އިން ބުނީ މި ޒޯނުން 35 ޕާކިން ސްލޮޓް ދޫކުރާނީ މަހަކު 3000 ދައްކާ ގޮތައް ކަމާއި މި ޒޯނުން ޖާނަ ދެނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތި ނޫން ޕިކަޕު ތަކަށެވެ.

މިދިޔަ އަހަރު ނިންމިފައިވާ ސަލްމާން މިސްކިތް ހުޅުވުން ލަސްވުމުގެ ގިނަ ބަޔަކު އަންނަނީ  ފާޑު ކިޔަމުންނެވެ.

އާޓިފިޝަލް ބީޗްގެ އުތުރަށް އޮންނަ ބިމުގައި ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކޮށްފައިވާ މިސްކިތުގެ އަގު 24.95 މިލިޔަން ޑޮލަރައް އަރާނެއެވެ.

ފަސް ފަންގިފިލާއަށް އިމާރަތްކޮށް ނިމިފައިވާ ކިންގް ސަލްމާން މިސްކިތުގެ ހުރިހާ ފަންގިފިލާއެއްގައި ވެސް ވަނީ ކާޕެޓް އަޅާފައެވެ. އަދި މިހާރު މިސްކިތު އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމި މިސްކިތް ވަނީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.

މިސްކިތުގައި އަރާފޭބުމަށް ލިފުޓު ހަރުކޮށްފައިވާއިރު އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެއެވެ. 

ލައިބްރަރީއަކާއި ކްލާސްރޫމްތަކުގެ އިތުރުން ސެމިނާ ރޫމްތައް ވެސް މި މިސްކިތުގައި ހުންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް