ads
އަތުލައިގެން ޑްރަގް---
އޮޕަރޭޝަންގައި އަތުލައިގެން ޑްރަގުގެ އަގު 71 މިލިއަން ރުފިޔާއަށް އަރާ: ސީޕީ
ފަރީދީ މަގުގެ ބައެއް ބަންދުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި އަތުލައިގެން މަސްތުވާތަކެތީގެ އަގު 71 މިލިއަނަށް އަރާ ކަމަށް ޕޮލިސް ކޮމިޝަނާ އަހްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ގާތްގަނޑަކަށް 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އެތަކެތި ހުރީ 2 ގޯންޏެއްގައާއި 2 ލަގެޖެއްގައި އެވެ.

އެމައްސަލައާއި ގުޅިގެން މިހާތަމަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ހިއްސާކުރަމަށް ސިޕީ ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެތަކެތީގެ މަގުމަތީ ބާޒާރުގެ އަގު 71 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށެވެ. 

ސީޕީ ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުރިމަތިވާ ގޮންޖެހުންތަކާއިއެކު ވެސް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް ކުރަމުންދާނެ ކަމަށެވެ. 

އެމައްސަލައާ ގުޅިގެން މީގެކުރިން، ކޮމިޝަނާއޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި، އިންޓެލިޖެންސް އަދި މެރިން ފުލުހުން ގުޅިގެން ކަނޑުމަގާއި އެއްގަމުގައި މި އޮޕަރޭޝަން ކުރިއަށް ގެންދާތާ ހަފްތާއެއް ވެފައިވާ ކަމަށާއި، މިއަދު ހެނދުނުން ފެށިގެން އެކި ތަންތަން ބަލަމުން އަންނަކަމަށެވެ.  

މިއަދު އެ އޮޕަރޭޝަންގައި ފުލުހުން ބަލާ ފާސްކޮށްފައިވަނީ ފަރީދީ މަގުގައި އޮތް އަޅިކުލައިގެ ޕްރައިވެޓް ކާރެކެވެ. އެގޮތުން ފުލުހުން ވަނީ އެ ކާރުގެ ޑިކީގެ ތެރެއިން މަސްތުވާތަކެތި ހުރި ދެ ގޯނި އަދި ދެ ލަގެޖު ފުލުހުންގެ ބެލުމުގެ ފަށަށް ގެންގޮސްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް