ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
ތަރައްގީ ރަށްތަކަށް، މާލެއަށް ބަރޯސާވުން ނިމުމަކަށް!
ރަށްރަށުގެ ކައުންސިލްތަކަށް ބާރުވެރިކަން ދިނުން، ލާމަރުކަޒީކޮށް ރަށްތައް ތަރައްޤީ ކުރުން، މާލެއަށް ބަރޯސާވާވުން ނިމުމަކަށް ގެނައުން، މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނަށް ވެލައްވާފައިވާ ވައުދުފުޅުތަކެވެ. އެ ވައުދުތަށް ރަނުން ރަނަށް ފުއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ލޯ ކުރިމައްޗަށް ފެންނާންހުރި ކަންކަމެވެ.

ކައުންސިލްތަކަށް ބާރުތައް ދިނުމުގެ ވާހަކައިން ފަށަމާ ތޯ އެވެ. ލާމަރުކަޒީ އުސޫލުން ރާއްޖެރަށްތައް ހިންގާ، ރައްޔިތުންނާއި ގާތުން ވެރިކަމެއް ކުރުމުގެ ވިސްނުމަކީ އެމްޑީޕީގެ އަބަދުގެވެސް ވައުދެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެކަން އެމަގުން ކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވަ އެވެ. ލޯކަލް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަވާފައިވަނީ ރައީސް ސޯލިހްގެ ވެރިކަމުގަ އެވެ. 

މި އިސްލާހުގެ ދަށުން ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދީ، ކައުންސިލުތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި، ގާނޫނުން އެ ކަންކަން ކަނޑައެޅިގެން ދިޔައެވެ. ކައުންސިލުތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލުތަކުގެ އިހްތިސޯސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެހިގެން ދިޔައެވެ. އަދި ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ އަދަދުގެ ފައިސާ ކައުންސިލުތަކަށް ދިނުމާއި، ކައުންސިލުތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ 40 ޕަސެންޓަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުން ހިމެނެ އެވެ. 

އޭގެ އިތުރުން ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު ފަސް މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް، އެ ކައުންސިލަކުން ހިންގާ ގޮތަށް ހަމަޖެއްސުމާއި ކައުންސިލުތަކުން ވިޔަފާރިކުރުމަށްޓަކައި، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކުންފުނި އުފައްދައި ހިންގޭނެ މަގުފަހިކޮށްދިނުމަކީ ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގައި ސަރުކާރަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ރައީސް ސޯލިހްގެ ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެކެވެ.

ކަންކަމުގައި ޒަމާނުއްސުރެއް މާލެއަށް ބަރޯސާވާންޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ސޯލިހް ގެންގުޅުއްވާ ވިސްނުންފުޅުގެ ދަށުން، މާލެ ފިޔަވާ ރާއްޖޭގެ އެހެން ހިސާބުތަކަށް ރާއްޖެއިން ބޭރުން ގެންނަ މުދާ ސީދާ ބޭލޭނެ ގޮތް ހައްދަވާ ރާއްޖެއިން ބޭރުގެ ޕޯޓުތަކާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ޕޯޓުތައް ގުޅުވާލި އެވެ. އިންޑިއާގެ ކޮޗިން އާއި ތިލަދުންމައްޗާއި ގުޅުވާލި އެވެ. އަދި އައްޑު އަތޮޅާވެސް ގުޅުވާލެއްވީ އެވެ. އިންޑިއާގެ ޓުޓިކޮރިން ރާއްޖޭގެ ދެކުނަށް 2713.34 މެޓްރިކް ޓަނުގެ މުދާ ހިފައިގެން އަންނަ ފުރަތަމަ ކާގޯ ފެރީ ދެކުނުގައި ބަނދަރު ކުރާނީ ބުރާސްފަތި ދުވަހު އެވެ. މުދާ ގެނައުމުގައި މާލެއަށް ބަރޯސާނުވެ ބޭރުން ގެންނަ ތަކެތި ސީދާ ސަރަހައްދަށް ބޭލުމުން އެކަމުގެ މަންފާ ރައްޔިތުންނަށް ހަމަ ޔަގީނުންވެސް ކުރާނެ އެވެ. 

ދެން އޮތީ އެންމެ ބޮޑަށް އެކަމަކަށް ރައްޔިތުން މާލެއަށް ބަރޯސާވާން ޖެހިފައި އޮތް ބޭސްފަރުވާގެ ވާހަކަ އެވެ. ޗުއްޓީ އެއް އަޔަސް އަދި އެނޫންވެސް ސިއްހީ ބޮޑު ކަމެއް ދިމާވާ ކޮންމެ ފަހަރަކު ރައްޔިތުންނަށް އަބަދު މަޖުބޫރުވެފައި އޮތީ މާލެއަށް އައުމަށެވެ. ރައީސް ސޯލިހްގެ ވިސްނުންފުޅު ހުރީ އެކަން ނިމުމަމަށް ގެނަސް ރައްޔިތުންނާއި ގާތުން އެ ހިދުމަތް ލިބޭނޭ ގޮތެއް ހެއްދެވުމަށެވެ. އެމަނިކުފާނުގެ ވައިދުފުޅުގައި ކުލަ ޖެހި ހަގީގަތަކަށް ވާން މިއަދު މިވަނީ ފަށާފަ އެވެ. 

ރާއްޖޭގައި ގާއިމު ކުރާ ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދު ނޫން އެހެންތަނެއްގައި އެޅުމަށް ނިންމާ އެމަސައްކަތް އަންނަ އަހަރު ފެށޭނޭކަން އިއުލާނު ކުރުމީ އެކަމަށް އޮތް އަލިގަދަ ހެއްކެއް ނޫންތޯ އެވެ. ފަސް ރަށެއްގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް 191 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުމަކީ މިކަމަށް އޮތް ހެއްކެއް ނޫންތޯ އެވެ. ސިއްހީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫއުއެއް އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި އަތޮޅުތަކުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ރައީސް ސޯލިހްގެ މިސަރުކާރުން ނިންމާފައި އޮތް އޮތުމަކީ މިކަމަށް އޮތް ހެއްކެއް ނޫންތޯ އެވެ. ވީއިރު ރާއްޖޭގެ ރަށްތައް ތަރައްގީކޮށް ރައްޔިތުން މާލެއަށް ބަރޯސާވާވުން ނިމުމަކަށް ގެނައުމަށް ވެލައްވާފައިވާ ވައުދުފުޅު ރައީސް ސޯލިހް ފުރިހަމަ ކުރައްވާނޭ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް