ads
ޖޯ ބައިޑެން--
ވެރިކަމުގެ ފުރަތަމަ 100 ދުވަހު 100 މިލިއަން މީހުންނަށް ވެކްސިން ދޭނަން: ބައިޑެން
ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭ އެމެރިކާގެ ސަތޭކަ މިލިއަން މީހުންނަށް ވެކްސިން ދޭނެ ކަމަށް އެގައުމުގެ ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގެންފައިވާ ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބައިޑެން ވިދާޅުވީ އޭނާގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހު ކޮވިޑް-19 ނިމުމަމަކަށް ނާންނާނެ ކަމަށާއި، ނަމަވެސް މަސައްކަތްކޮށްގެން ކޮވިޑް-19 ގެ މިސްރާބު ބަދަލުކޮށްލެވޭނެ ކަމަށެވެ.

އެމެރިކާގެ ކޮންގްރެސްގައި ހުރިހާ ޕާޓީއެއް ގުޅިގެން މަސައްކަތްކޮށް ކޮވިޑް-19 އާއި ދެކޮޅަށް ފަންޑްކުރުމާއި ބެހޭގޮތުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މުއްދަތު ދިގުލައިގެން ދާނެކަމަށްވެސް ބައިޑެންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އިއްޔެ އެމެރިކާގެ އެފްޑީއޭގެ ރެގިއުލޭޓަރުން ވަނީ ފައިޒާ ކުންފުނިން ހަދާފައިވާ ވެކްސިން އެގައުމުގެ ރައްޔިތުންނަށް ދިނުމަށް ހުއްދަދީ ރިޕޯޓެއް ނެރެފައެވެ.

އިނގިރޭސިވިލާތުން އެ ގައުމުގެ ރައްޔިތުންނަށް އިއްޔެ ވެކްސިން ދޭން ފަށާފައިވާ އިރު، އަންނަ މާޗް މަހުގައި ދެކުނު ކޮރެއާ އިން އެ ގައުމުގެ ރައްޔިތުންނަށް ވެކްސިން ދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެމެރިކާގައި މިހާތަނަށް 15 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 285،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް