ads
މިނިސްޓަރު އަބްދުﷲ ޝާހިދު--
ކޮވިޑުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސާފްގެ ދައުރު ބޮޑު: ޝާހިދު
ކޮވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލުމުގައި އދ. ގެ ސެންޓްރަލް އިމަޖަންސީ ރެސްޕޯންސް ފަންޑް (ސާފް) ގެ ދައުރު ވަރަށް ބޮޑު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސާފްގެ މި އަހަރުގެ ހައި-ލެވެލް ޕްލެޖިން އިވެންޓްގައި ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. "އަ ފަންޑް ފޮ އޯލް، ބައި އޯލް"، މި ޝިއާރުގެ ދަށުން ވާޗުއަލްކޮށް ބޭއްވި މި އިވެންޓް އިންތިޒާމު ކުރީ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް އިންނެވެ. މި އިވެންޓްގައި މިއަހަރު ފަންޑުން ހޯދި ކާމިޔާބީތައް ފާހަގަކޮށް، 2021 ވަނަ އަހަރަށް ފަންޑަށް އެހީތެރިވެދިނުމަށް ގައުމުތަކުން ކަނޑައަޅާ މިންވަރު ހާމަކޮށްފައި ވެއެވެ. 

މި އިވެންޓްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސާފްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ބަލިމަޑުކަމާ ކުރިމަތިލުމަށް ބޭނުންވާ އެހީތެރިކަން ވަރަށް އަވަހަށް، ކޮންމެހެން ބޭނުންވާ ދިމަދިމާއަށް ފަންޑުން ފޯރުކޮށްދިންކަން ފާހަގަކުރެއްވި އެވެ. 

"ކޮވިޑް-19 ފަދަ ބާރަށް ފެތުރިގެންދާ ވަބާއަކުން ރައްކާތެރިވުމަށް ފުރަތަމަ ދުވަހު ހަރަދު ކުރެވޭ އެއް މިލިއަން ޑޮލަރުގެ ސަބަބުން އޭގެ 100 ދުވަސް ފަހުން އަތުވެދާނެ ބިލިއަން ޑޮލަރުގެ ހަރަދުތަކުން ސަލާމަތްކޮށްދޭ! ކޮވިޑް-19 އަށާއި، ފެންބޮޑުވުމާއި، ފެނަށް ޖެހުން ފަދަ ގުދުރަތީ ހާދިސާތަކުން އަރައިގަތުމަށް ސެންޓްރަލް އެމަޖެންސީ ފަންޑުން ވެދިން އެހީތަކުގެ ސަބަބުން އިންސާނިއްޔަތަށް އެއިން ކުރާ އަސަރު ވަނީ އެތައް ގުނައަކުން ކުޑަކުރެވިފައި،" ޝާހިދު ވިދާޅުވި އެވެ. 

މީގެ އިތުރުން އެންމެ ބޮޑަށް އެހީ ބޭނުންވެފައިވާ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމުގައި އަންހެނުންނާއި ކުޑަކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސާފް އިން އަހައްމިއްޔަތު ކަމެއް ދެމުންދާކަން ޝާހިދު ފާހަގަކުރެއްވި އެވެ. 

"ސެންޓްރަލް އެމަޖެންސީ ފަންޑުން ކުރާ އަގު ނުކުރެވޭ މަސައްކަތާއި އެކު ރާއްޖެ އޮތްކަން ހާމަ ކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖެއިން ސެންޓްރަލް އެމަޖެންސީ ފަންޑަށް ވަނީ ރަމްޒީ އެހީ އެއް ވެދީފައި. އަދި ސެންޓްރަލް އެމަޖެންސީ ފަންޑުން ކުރާ މިންނެތް މަސައްކަތަށްޓަކައި، ދުނިޔޭގެ އެހީދޭ އެކި ފަރާތްތަކުން އެ ފަންޑަށް އެހީވުމަށް ހިތްވަރުދެން،" ޝާހިދު ވިދާޅުވި އެވެ.  

އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އަވަސް އަދި ހަރުދަނާ ނިޒާމެއް ގާއިމްކުރުމުގެ ބޭނުމުގައި ސެންޓްރަލް އިމަޖަންސީ ރެސްޕޯންސް ފަންޑް އެކުލަވާލުމާށް ނިންމީ 2005 ވަނަ އަހަރު އދ. ގެ އާއްމު މަޖިލީހުންނެވެ. 2006 ވަނަ އަހަރު މި ފަންޑް ގާއިމްކުރެވުނު ފަހުން 100 އަށްވުރެ ގިނަ ގައުމުތަކަށް 5.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ މި ފަންޑުން ފޯރުކޮށްދީފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް