ads
މާލޭގައި ފެންބޮޑުވެފައި-- ފޮޓޯ: ސަން
ފެންބޮޑުނުވާ ގޮތަށް މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އެގޮތަށް ނިންމަވާފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ އިސްނެންގެވުމާއެކު އެކުލަވާލާފައިވާ "ސްޓްރީޓް ސްކޭޕިން ޑިވެލޮޕްމަންޓް ޕްލޭން" އާ ގުޅޭ ގޮތުން ޕްލޭނިން މނިސްޓްރީން ހުށަހަޅާފައިވާ ކަރުދާހަށް މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މާލޭގެ ސްޓްރީޓް ސްކޭޕިން ޑިވެލޮޕްމަންޓް ޕްލޭނަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި މާލެއަށް މިހާރު ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަތަކަށް ރިއާޔަތްކޮށް މާލޭގެ މަގުތަކަކީ ވަކި ގޮތަކަށް ތަރުތީބު ކުރެވިފައިވާ މަގުތަކަކަށް ހެދުމުގެ ބޭނުމުގައި އެކުލަވާލެވިފައިވާ ޕްލޭނެކެވެ.

ރައީސް އޮފީހުން ބުނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކުގެ މައްސަލަތަކާއި ފެންބޮޑުވުމުވުގެ މައްސަލަތަކުގެ އިތުރުން މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް ފަހިވާގޮތަށް ތަރުތީބު ކުރެވިފައިވާ ހިތްފަސޭހަ ތަނަކަށް ހެދުން މި ޕްލޭނުގައި ހިމެނޭނެ ކަމަށެވެ.

މި މަޝްރޫއުގެ ޕްލޭނާ އެއްގޮތަށް މަގުތައް ހެދިގެން ދާއިރު މާލޭގެ މަގުތައް ގިންތި ކުރެވި ދުއްވާ އުޅަނދު ފަހަރާއި ހިނގާބިނގާވެ ހަދާ ފަރާތްތަކަށް ފަހި މަގުތަކަކަށް ހެދިގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ހައްލު ލިބި، ފެން ހިންދުމުގެ ނިޒާމާއި ޑީވޯޓަރިންނާއި އަދި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ނަރުތަކާއި، ކަރަންޓް، ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމު ފަދަ ޔޫޓިލިޓީގެ ހިދުމަތްތަކުގެ ނިޒާމު ވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެ އެވެ.

މި ޕްލޭނުގެ ދަށުން މަގުތައް ގިންތި ކުރެވޭއިރު އާންމު ދަތުރުފަތުގެ ހިދުމަތް އަލުން ތައާރަފު ކުރެވި މަގުތައް ފެހިކޮށް، ހިނގާބިނގާވެ އުޅުމަށް ފަހި މާހައުލެއް ގާއިމު ކުރެވި، ފައި މަގުގައި އުޅުމަށް ހިތްވަރު ލިބި، މަގުތައް ބޭނުން ކުރުމަށް އިތުރަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫއު އޮތީ ވެރިރަށް މާލެ އަށެވެ. މުޅި މާލޭގެ މަގުތައް ހެދުމަށް 79 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ވަނީ މާލޭގެ 13 މަގެއް މަރާމާތުކޮށްފަ އެވެ. އޭގެ ތެރޭގައި ބޮޑު ތަކުރުފާނު މަގުގައި ތާރު އަޅައި މަޖީދީ މަގުގެ ގާތަށް ނަގައި އަލުން ހެދި އެވެ. އެކަމަކު، މަޖީދީ މަގުގެ ބައެއް ހިސާބުތަކުގައި އަނެއްކާ ވެސް އަޑިގުޑަންތައް އެބަ ހުއްޓެވެ. އަދި ފެންބޮޑުވުމުގެ މައްސަލައަށް ވެސް ހައްލެއް ނާދެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް