ads
ފޮޓޯ: ކޮމިޝަނާ އޮފް ޕްރިޒަންސް
ޑްރޯން ބޭނުންކޮށްގެން މާފުށި ޖަލަށް ފޯނުތަކެއް ވައްދަން އުޅެފި
ޑްރޯން ބޭނުންކޮށްގެން މާފުށީ ޖަލަށް ފޯނުތަކެއް ވެއްދުމަށް މަސައްކަތްކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެކަން ކުރުމަށް މަސައްކަތް ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. 

އެގޮތުން ޖަލަށް އެތެރެކުރަން އުޅުނު ތަކެތީގެ ތެރޭގައި އަށް ފޯނާއި، ހަ ޗާޖަރާއި، ވައިފައި ރައުޓަރެއްގެ އިތުރުން، ޔޫއެސްބީ ކޭބަލް ތަކަކާއި ދެ ސިމް ހިމެނެ އެވެ. 

އެހެން ނަމަވެސް މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ކޮމިޝަނާ އޮފް ޕްރިޒަންސް ހިއްސާކުރައްވާފަ އެއް ނުވެ އެވެ. ދޭތެރެ ދޭތެރެއިން މާފުށީ ޖަލަށް ވެއްދުން މަނާތަކެތި ވެއްދުމުގެ މަސައްކަތް ކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް