ads
ބާސާ ޔުވެންޓަސް މެޗުގެ ތެރެއިން މެސީއާ ރޮނާލްޑޯ
ރޮނާލްޑޯގެ ލަނޑުތަކުން ޔުވެންޓަސްއިން ބާސާ ބަލިކޮށްފި
ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުތަކާއެކު ޔުވެންޓަސްއިން ބާސާގެ މައްޗަށް ކުރި ހޯދައި ގްރޫޕުގެ އެއްވަނަ މަގާމާ އެކު ގްރޫޕް ސްޓޭޖު ނިންމާލައިފި އެވެ. ބާސާގެ ދަނޑުގައި ޔުވެންޓަސްއާ ބާސާ ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ.

ޗެމްޕިއަންސް ލީގުގައި ބާސާ ކޮޅަށް އަންގާރަ ދުވަހު ޔުވެންޓަސްއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެއީ އެކަމަކު ޔުވެންޓަސްއަށް ލިބުނު ދެ ޕެނަލްޓީއެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން ދެ ލަނޑު ސުން ލަނޑުން ބާސާ ކާމިޔާބުކޮށްފައިވީ ނަމަވެސް އެ ދުވަހު ޔުވެންޓަސް ކުޅުނީ އޭރު ކޮވިޑަށް ޕޮސިޓިވްވެފައިވާ ރޮނާލްޑޯ ނުލައެވެ. 

އަންގާރަ ދުވަހުގެ ނަތީޖާއާ އެކު ގްރޫޕްގެ ތަރުތީބަށް ވަނީ ބަދަލު އައިސްފައެވެ. މެޗުގެ ކުރިން ދެ ޓީމުވެސް ނޮކްއައުޓް ބުރަށް ކޮލިފައިވެފައިވީ ނަމަވެސް ރޭގެ ނަތީޖާއާ އެކު ގްރޫޕުގެ އެއްވަނަ ލިބުނީ ޔުވެންޓަސްއަށެވެ. އެއީ ހަ މެޗުން ފަނަރަ ޕޮއިންޓް ހޯދައިގެން ހެޑްސް ޓު ހެޑުން ކުރި ހޯދައިގެންނެވެ. ބާސެލޯނާއަށް ވެސް ހަ މެޗުން ލިބިފައިވަނީ ފަނަރަ ޕޮއިންޓެވެ. ކޮންމެ ޓީމެއް ވެސް އެއް މެޗުން ބަލިވެފައިވާއިރު ދެ ޓީމުވެސް ބަލިވެފައިވަނީ އެއް ބަޔަކު އަނެއް ބަޔަކު އަތުންނެވެ. 

އަންގާރަ ދުވަހުގެ މެޗަކީ ސްޕެއިންގެ ރިއާލް މެޑްރިޑުން އިޓަލީގެ ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވީ ފަހުން، މެސީއާ ރޮނާލްޑޯގެ ފުރަތަމަ ކުރިމަތިލުމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް